about 2 hours 0
އަހުމަދު އާއިދު
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް: ސިޑްނީގެ ބޮންޑައި ބީޗުގައި އިއްޔެ ދިން ބަޑީގެ ހަމަލާ ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ ---- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ޓެރަރިސްޓުންތަކެއް ދިން ބަޑީގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މި ހަމަލާ ދިނީ ޔަހޫދީ ދީނުގައި ފާހަގަކުރާ ހާއްސަ ދުވަހަކާ ގުޅިގެން ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމަލާގައި 15 މީހަކު މަރުވެ 40 މީހަކު ވަނީ ޒަހަމްވެފަ އެވެ.
ހަމަލާ ދިނުމުގައި ބައިވެރިވީ ދެ ބަފައިން ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 50 އަހަރުގެ ބައްޕަ މަރުވެފައިވާއިރު 24 އަހަރުގެ ދަރި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާ ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ކުށެއް ނެތް މައުސޫމް ބައެއްގެ ފުރާނަ ދުއްވާލާ މިފަދަ ފިނޑި ހަމަލާތަކަށް އެއްވެސް މުޖުތަމައެއްގައި ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އިއްޔެގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި ޒަހަމްވި މީހުންނަށް އަދި އޮސްޓްރޭލިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ފޮރިން މިނިސްޓްރީން ވަނީ ތައުޒިޔާ ކިޔާފަ އެވެ.
އޮސްޓްރޭލިއާއަކީ ރައްކާތެރިކަމަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ގައުމެކެވެ. މިފަދަ ހާދިސާތައް އެ ގައުމުގައި ވަރަށް ނުހިނގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment