Advertisement

ސިޑްނީގެ ބޮންޑައި ބީޗުގައި ބަޑި ޖަހައި 11 މީހުން މަރާލައިފި

about 14 hours 0


ސިޑްނީގެ ބޮންޑައި ބީޗުގައި ބަޑި ޖަހައި 11 މީހުން މަރާލައިފި

about 14 hours 0

އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ޓެރަރިސްޓުންތަކެއް ބަޑި ޖަހައި 11 މީހުން މަރާލައިފި އެވެ.

މި ހަމަލާގައި 29 މީހަކަށް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ. މި ހަމަލާ ދިނީ ޔަހޫދީ ދީނުގައި ފާހަގަކުރާ ހާއްސަ ދުވަހަކާ ގުޅިގެން ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި އެކަކު މަރުވެފައިވާއިރު އަނެކަކު ވެސް އޮތީ ސީރިއަސް ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ.

އޭގެ ތެރެއިން އެކަކުގެ އަތުގައި އޮތް ބަޑި ޖަހައިގަތީ މަންޒަރު ބަލަން ހުރި މީހެކެވެ. ހުށިޔާރު ކަމާއެކު އޭނާ ބަޑި ޖަހައިގަންނަ ވީޑިއޯއަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

އޮސްޓްރޭލިއާއަކީ ރައްކާތެރިކަމަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ގައުމެކެވެ. މިފަދަ ހާދިސާތައް އެ ގައުމުގައި ވަރަށް ނުހިނގަ އެވެ.