Advertisement

އިނގިރޭސިވިލާތުގައި އުޅޭ ޔުކްރެއިން މީހުންގެ ވިސާ އަނެއްކާވެސް އިތުރުކޮށްފި

19 ފެބުރުވަރީ 2024 - 05:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިނގިރޭސިވިލާތުގައި އުޅޭ ޔޫކްރެއިން ރައްޔިތުން -- ފޮޓޯ؛ ރޮއިޓާސް


އިނގިރޭސިވިލާތުގައި އުޅޭ ޔުކްރެއިން މީހުންގެ ވިސާ އަނެއްކާވެސް އިތުރުކޮށްފި

19 ފެބުރުވަރީ 2024 - 05:47 0

ރަޝިއާއިން ޔޫކްރެއިންއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން, އިނގިރޭސިވިލާތުގައި ތިބި ޔުކްރެއިން ރައްޔިތުންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އިނގިރޭސިވިލާތުން ޔޫކްރެއިން ރައްޔިތުންނަށް ދީފައިފާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ވިސާގެ މުއްދަތު 2025 މާޗުގައި ހަމަވާއިރު، އަލަށް ތައާރަފްކުރި ސްކީމްގެ ދަށުން 2026 ސެޕްޓެމްބަރުގެ ނިޔަލަށް ވިސާގެ މުއްދަތު އިތުރުވާނެ އެވެ.

އަލަށް ތައާރަފްކުރި ވިސާގެ ދަށުން ޔޫކްރެއިން ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ވަޒީފާ އަދާކުރުމާއި، ކިޔެވުމުގެ ފުރުސަތުގެ އިތުރުން މާލީ އެހީތެރިކަންވެސް ލިބިގެންދާނެ އެވެ.

މިގޮތުން ޔޫކްރެއިން ރައްޔިތުންނަށް އެހީވާ އިނގިރޭސިވިލާތުގެ އާއިލާތަކަށް ފުރަތަމަ އަހަރު 350 ޕައުންޑުގެ އެހީއެއް އަދި ދެވަނަ އަހަރު 500 ޕައުންޑުގެ އެހީއެއް އިނގިރޭސިވިލާތުން އަންނަނީ ދެމުންނެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުން އަންނަނީ ޔޫކްރެއިން ރައްޔިތުންނަށް އެހީވެ، ބޯހިޔާވެހިކަމާއި އެހެނިހެން ކަންކަންވެސް ފުރިހަމަ ކޮށްދެމުންނެވެ.

އިނގިރޭސިވިލާތުގައި ޔޫކްރެއިންގެ 283،000 މީހުން ދިރިއުޅެމުން އަންނައިރު، އެ ރައްޔިތުންނަށް ބޭނުންވާ ވިސާ 2022 ވަނަ އަހަރުން ފެށިގެން ވަނީ އިތުރުކޮށްދީފަ އެވެ.

ޔޫކްރެއިންއަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ބައެއް ވަނީ އެއްކޮށް ވީރާނާވެ، އެތައް ބަޔަކު މަރުވެފަ އެވެ. އަދި ޔޫކްރެއިންގެ ރައްޔިތުންނަށް އެ ގައުމަށް އަނބުރާ ދިޔުން ވަނީ ބޮޑު ނުރައްކަލަކަށް ވެފަ އެވެ.