Advertisement

"ބާރުތައް އަލުން ހޯދުމަށް" ކަމަށް ބުނެ ރަސްގެފާނުގެ ތާޖު ބަހައްޓާފައި ހުރި ޑިސްޕްލޭ ކޭސްއަށް ގެއްލުން ދީފި

ލަންޑަން ޓަވަރުގައި އާންމުންނަށް ދައްކާލުމަށްޓަކައި ބަހައްޓާފައި ހުރި ތާޖަ ބަހައްޓާފައި ހުރި ބިއްލޫރި ކޮށީގައި މީހަކު އެއްޗެއް އުނގުޅަނީ.


"ބާރުތައް އަލުން ހޯދުމަށް" ކަމަށް ބުނެ ރަސްގެފާނުގެ ތާޖު ބަހައްޓާފައި ހުރި ޑިސްޕްލޭ ކޭސްއަށް ގެއްލުން ދީފި

ޓަވަރ އޮފް ލަންޑަންގައި އާންމުންނަށް ދައްކާލުމަށްޓަކައި ބަހައްޓާފައި ހުރި ތާޖަކަށް ގެއްލުންދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ހެނދުނު 10:00 ހާއިރު ހިނގި މި ހާދިސާގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ހާދިސާ ހިނގި ތަނަށް އައިސް މި ކަމުގައި ޝާމިލުވި ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ. މިއީ 'ޓޭކް ބެކް ޕަރަވ' ގެ ނަމުގައި ހިންގާ ޖަމާއަތެއްގެ އެކްޓިވިސްޓުންނެވެ.

ރަސްގެފާނުގެ ތާޖުކޮޅު ބަހައްޓާފައި ހުރި ބިއްލޫރި ފޮށްޓަށް ކަސްޓަޑު ޖެހުމަށްފަހު މި މީހުން ގޮވަމުން ގެންދިޔައީ އިނގިރޭސި ވިލާތުގެ ބާރުތައް އަލުން ރައްޔިތުންނަށް ހޯދަންޖެހޭ ކަމަށެވެ. ތާޖުކޮޅު ބަހައްޓާފައި ހުރި ފޮށްޓަށް ގެއްލުން ދިނުމުގައި ބައިވެރިވެފައިވަނީ ޔުނިވަރސިޓީ ދަރިވަރުންނެވެ.

އިނގިރޭސި ރަސްކަން އުވާލުމަށް ވަކާލާތުކުރާ އެތައް ޖަމިއްޔާތަކެއް އިނގިރޭސިވިލާތުގައި ހަރަކާތްތެރި ވެ އެވެ. މި ޖަމިއްޔާތަކުން ގެންދަނީ އިނގިރޭސި ރަސްކަމާ ދެކޮޅަށް ފާޅުގައި ކެމްޕޭނުކޮށް، އެ ކެމްޕޭނުތަކަށް ސަމާލުކަން ހޯދުމަށްޓަކައި މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ޓަވަރ އޮފް ލަންޑަންގައި ހުރި ތާޖަށް ގެއްލުން ދިނުމުގެ އަމަލުގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާތީއާއި، އަދި މުދަލަކަށް ވެސް ދާއިމީ ގެއްލުމެއް ލިބޭ ފަދަ ކަމެއް ކޮށްފައި ނުވާތީ، މިކަމާ ގުޅިގެން ބަންދުކުރެވުނު ދަރިވަރުން ދޫކޮށްލާނޭ ކަމަށް ބެލެވެ އެވެ.