Advertisement

ޔުކްރެއިނުގެ ސަރަހައްދުތަކުން ރަޝިއާއަށް ލިބެންޖެހޭނޭ ކަމަށް ބުނާ މިންވަރު އިތުރުކޮށްފި

30 ނޮވެންބަރު 2025 - 06:49 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރަޝިއާގެ ރައީސް ޕޫޓިން


ޔުކްރެއިނުގެ ސަރަހައްދުތަކުން ރަޝިއާއަށް ލިބެންޖެހޭނޭ ކަމަށް ބުނާ މިންވަރު އިތުރުކޮށްފި

30 ނޮވެންބަރު 2025 - 06:49 0

ޔުކްރެއިނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިއާއިން ކުރިމަތިކުރާ ޝަރުތުތައް އިތުރުކޮށް، ރަޝިޔާއިން ހަތިޔާރު ބަހައްޓާނީ ހަމައެކަނި ކިޔެވްގެ ސިފައިން މޮސްކޯއިން އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދަޢުވާކުރާ ބިންތަކުން ފައިބައިފިނަމަ ކަމަށް ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ގެންދަނީ ރަޝިޔާއިން ބާރުގެ ބޭނުންކޮށްގެން ހިފާފައިވާ ޔުކްރެއިނުގެ ސަރަހައްދުތަކަކީ ގާނޫނީ ގޮތުން ރަޝިއާގެ ބައެއް ކަމަށް ބަލައިގަތުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ބާރު އަޅުއްވަމުންނެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ރަޝިޔާއާ ގުޅުވާލި ދެކުނުގެ ކްރިމިއާ ޕެނިންސުލާއާއި، މިހާރު މޮސްކޯއިން ހިފާފައިވާ އިރުމަތީ ޑޮންބާސް ސަރަހައްދު ހިމެނެ އެވެ.

ޕުޓިންގެ ތަގުރީރަށްފަހު ވާހަކަ ދައްކަވަމުން، ޔުކްރެއިނުގެ ރައީސް ޒެލެންސްކީ ވިދާޅުވީ ޕޫޓިންގެ ވާހަކައަކީ ހަގީގަތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތްތަކަށް ރަޝިޔާ އިން ކުރި ފުރައްސާރައެއް ކަމަށެވެ.

ކިރްގިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޕުޓިން ވިދާޅުވީ ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވަނީ ޔޫކްރެއިނުން ކަމަށެވެ. ޔޫކްރެއިނުން ދޫ ނުދޭނަމަ، ހަނގުރާމަ މިގޮތުގައި ކުރިއަށް ގެންދަން ރަޝިއާ ވެސް ތައްޔާރުކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ހަނގުރާމަ ނިމޭނީ ހަމައެކަނި ޔުކްރެއިނުގެ ސިފައިން ލުހާންސްކް އަދި ޑޮނެޓްސްކް ސަރަހައްދުތައް އެކުލެވޭ ޑޮންބާސް އިން ފައިބައިގެން ދިއުމުން ކަމަށެވެ.

"އެމީހުން ފައިބައިގެން ނުދާނަމަ، އަހަރެން ހަތިޔާރުގެ ބާރުން މިކަން ހާސިލުކުރާނަން،" ޕޫޓިން ވިދާޅުވިއެވެ.