Advertisement

މި އަހަރު ތެރޭ އިނގިރޭސިވިލާތަށް ކުރެއްވި ތިންވަނަ ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

2 ޑިސެންބަރު 2025 - 17:52 0


މި އަހަރު ތެރޭ އިނގިރޭސިވިލާތަށް ކުރެއްވި ތިންވަނަ ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

2 ޑިސެންބަރު 2025 - 17:52 0

މި އަހަރުގެ ތެރޭ އިނގިރޭސިވިލާތަށް ކުރެއްވާ ތިންވަނަ ދަތުރު ނިންމާލުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފި އެވެ.

މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ނޮވެމްބަރު 29، ގަ އެވެ. މިއީ ވެރިކަމާ ހަވާލުވުމަށްފަހު އެ ގައުމަށް މުއިއްޒު ކުރެއްވި ފަސްވަނަ ދަތުރެވެ.

މިއީ ކިންގް ޗާލްސްގެ ދައުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ، "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ކުރެއްވި ދަތުރެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެއަށާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެ ކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް މުއިއްޒު އެ ބައްދަލުވުމުގައި ހުށަހެޅުއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި އަހަރުގެ އެޕްރީލް މަހު އިނގިރޭސިވިލާތަށް މުއިއްޒު ދަތުރެއްކުރެއްވީ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށެވެ.

ޖުލައި މަހު އިނގިރޭސިވިލާތަށް މުއިއްޒު ވަޑައިގަތީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން މާކެޓު ކުރާ ސަރުކާރުގެ ބްރޭންޑެއް އިފްތިތާހުކުރުމަށެވެ.

މީގެ ތެރެއިން ގިނަ ދަތުރުތަކުގައި ރާއްޖެއަށް މަންފާވާނެ މާ ގިނަ ކަންކަމެއްގެ ނަތީޖާ ނެރެވިފައެއް ނުވެ އެވެ.