Advertisement

ރެޑްވޭވެގެ ރޯދަ ސޭލް ވަރަށް ކާމިޔާބު، ކޮލެޓީ ބްރޭންޑްތަކަށް އޮތް ތަރުހީބު ބޮޑު

18 ފެބުރުވަރީ 2024 - 11:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރެޑްވޭވެގެ ރޯދަ ސޭލް ވަރަށް ކާމިޔާބު، ކޮލެޓީ ބްރޭންޑްތަކަށް އޮތް ތަރުހީބު ބޮޑު

18 ފެބުރުވަރީ 2024 - 11:12 0

ރެޑްވޭވްގެ ރޯދަ ސޭލް ވަރަށް ކާމިޔާބު ކަމަށާއި، ކޮލިޓީ ބްރޭންޑްތަކަށް އޮތް ތަރުހީބު ބޮޑު ކަމަށް ރެޑްވޭވް ގްރޫޕްގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ޝަހީމް (އައްޔު) ވިދާޅުވެއްޖެ އެވެ.

އަލީ ޝަހީމް ވިދާޅުވީ ރޯދަ ސޭލްގައި ކަސްޓަމަރުންނަށް އޮތް ފުރުސަތުތައް ބޮޑު ކަމަށާއި ހެޔޮ އަގެއްގައި ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ރެޑްވޭވުން ލިބޭނެ ކަމަށެވެ.

ކާބޯތަކެތީގެ އިތުރުން ގެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ރެޑްވޭވުން ލިބެން ހުންނަ ހައިސެންސް ބްރޭންޑުގެ ޓީވީ އާއި އޭސީގެ އިތުރުން ޝާޕް ބްރޭންޑްގެ ޕްރޮޑަކްޓްސްތަކުގެ ކޮލިޓީ ރަނގަޅުވުމާއެކު އެ ޕްރޮޑަކްސްތަކަށް އޮތް ޑިމާންޑް ބޮޑު ކަމަށް ވެސް އަލީ ޝަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ރެޑްވޭވްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ރާއްޖޭގައި ކޮންމެ ތަނަކުން ލިބޭނެ ކަމަށާއި ގަންނަ މުދާތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ރަށްރަށަށް ފުރާ ބޯޓަކާ ހިސާބަށް ގެންގޮސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އެންމެ ފުޅާކޮށް ކާބޯތަކެއްޗާއި ގެއަށް ބޭނުންވާ ސާމާނު ވިއްކަމުން މި އަންނަނީ ރެޑްވޭވުން. އަގަށް ބަލައިފިއްޔާ ރެޑްވޭވުން ލިބެން ހުންނަ ހުރިހާ އެއްޗެއް އެހެން ހުރިހާ ފިހާރަތަކަށްވުރެ ހެޔޮވާނެ. އަގުތައް ބަލާލުމުން އެކަން އެނގޭނެ،" އަލީ ޝަހީމް ވިދާޅުވި އެވެ.

އީދުގެ ނިޔަލަށް ކުރިއަށްގެންދާ ރެޑްވޭވްގެ ރޯދަ ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 500 ރުފިޔާގެ ކޫޕަނެއް ލިބޭއިރު، އެއްވަނައަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބެ އެވެ.

ލަކީޑްރޯއިން ދެވަނައަށްދާ 10 ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ތިންވަނައަށް ދާ ފަސް ފަރާތަކަށް ރެޑްވޭވުން ވިއްކާ ބްރޭންޑްތަކުގެ ފަސް އިނާމެއް ލިބެ އެވެ.

ރެޑްވޭވްގެ 12 ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.