Advertisement

ރެޑްވޭވްގެ އާ ފިހާރަ "ރެޑްވޭވް ގަލޮޅު" މިއަދު ހުޅުވައިފި

about 2 hours 0

ރެޑްވޭވް ގަލޮޅު


ރެޑްވޭވްގެ އާ ފިހާރަ "ރެޑްވޭވް ގަލޮޅު" މިއަދު ހުޅުވައިފި

about 2 hours 0

ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، ރެޑްވޭވްގެ އެންމެ ފަހުގެ އައުޓްލެޓް، "ރެޑްވޭވް ގަލޮޅު" މިއަދު މެންދުރުފަހު ހުޅުވައިފިއެވެ.

ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހުންނަ މި އާ ފިހާރަ ހުޅުވީ މިއަދު މެންދުރުފަހު 2:00 ގައެވެ. މިއީ ގަލޮޅު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހުޅުވި ފިހާރައެކެވެ.

ރެޑްވޭވުން ބުނިގޮތުގައި، މި އައު ފިހާރައިން ވެސް އެ ކުންފުނީގެ އެހެން ފިހާރަތަކެކޭ އެއްފަދައިން ކޮލިޓީ ރަނގަޅު، އަދި އަގުހެޔޮ ގިނަ ބާވަތްތަކެއްގެ މުދާ ލިބެން ހުންނާނެއެވެ.

މީގެ ތެރޭގައި ކާބޯތަކެއްޗާއި، ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ރެޑްވޭވުން އަލަށް ތައާރަފުކުރާ ބައެއް އުފެއްދުންތައް ވެސް ހިމެނެއެވެ. އަދި އިލެކްޓްރޯނިކް އުފެއްދުންތައް ވެސް ލިބޭނެ އެވެ.

"ގަލޮޅަކީ މާލޭގައި މީހުން އެންމެ ގިނަ އަދި ކާރޫބާރޫ ބޮޑު އެއް ސަރަހައްދު. އެހެންވެ، ލޮނުޒިޔާރަތް މަގުގައި ހުޅުވުނު މި ފިހާރައިގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ދުރު ސަރަހައްދުތަކަށް ނުގޮސް އަގުހެޔޮކޮށް މުދާ ލިބޭނެ،" ރެޑްވޭވްގެ މެނޭޖަރު ބުންޏެވެ.

ރެޑްވޭވް އަކީ ރާއްޖޭގެ މާކެޓުގައި އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. މި ކުންފުނިން ރެޑްވޭވްގެ މެގަމޯލާއި އިތުރު ފިހާރައެއް ހުޅުމާލޭގައި ހިންގަމުން ދާއިރު، މާލޭގައި ގިނަ އަދަދެއްގެ ފިހާރަ ހުރެ އެވެ.

ރެޑްވޭވުން އަބަދުވެސް މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތަކުގެ މުދާ ހެޔޮ އަގުގައި ދިވެހި ބާޒާރަށް ފޯރުކޮށްދިނުމަށް ކަމަަށް އެ ކުންފުނިން ބުނެ އެވެ.