Advertisement

ރެޑްވޭވްގެ އަހަރު ނިންމާ ސޭލްގެ ނަސީބުވެރިންނަށް ބޮޑެތި ފައިސާގެ އިނާމު

2 ނޮވެންބަރު 2025 - 13:49 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރެޑްވޭވްގެ ފިހާރައެއް: އެތަނުގެ އަހަރު ނިންމާ ސޭލްގެ ނަސީބުވެރިޔަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އަދަދު ފައިލް


ރެޑްވޭވްގެ އަހަރު ނިންމާ ސޭލްގެ ނަސީބުވެރިންނަށް ބޮޑެތި ފައިސާގެ އިނާމު

2 ނޮވެންބަރު 2025 - 13:49 1

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓު ވިޔަފާރި ކުރަމުންދާ ރެޑްވޭވްގެ އަހަރު ނިންމާ ސޭލްގައި ނަސީބުވެރިންނަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ދޭން ނިންމައިފި އެވެ.

އަންނަ މަހުގެ 31، ގެ ނިޔަލަށް ކުރިއަށްގެންދާ ސޭލްގެ ދަށުން ރެޑްވޭވްގެ 12 އައުޓްލެޓަކުން ކުރެ ކޮންމެ އައުޓްލެޓަކުން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

އަހަރު ނިންމާ ސޭލްގެ އެއްވަނައަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާ އެވެ. ދެވަނަ އިނާމެއްގެ ގޮތުގައި 10 ނަސީބުވެރިޔަކަށް 5،000ރ. ގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ.

އެ ސޭލްގެ ދަށުން ކަސްޓަމަރުންގެ ރަސީދުގެ ކިއުއާރް ކޯޑު މެދުވެރިކޮށް ކަސްޓަމަރަށް ލިބިފައިވާ ޖުމްލަ ކޫޕަންތަކުގެ އަދަދު ކޮންމެ ވަގުތެއްގައި ވެސް ބެލޭނެ އެވެ.

ރެޑްވޭވްގެ ހެޑް އޮފް އޮޕަރޭޝަންސް، އަލީ ޝަހީމް ވިދާޅުވީ ވިޔަފާރިކުރާއިރު ތަކެތި އަގުބޮޑުކޮށް ގަންނަން ފުރުސަތު ލިބެނީ އަގަށް ނުބަލައި ވިޔަފާރިކުރާތީ ކަމަށާއި އެހެންކަމުން އަގަށް ބަލައިގެން ވީހާ ވެސް ގިނަ މީހުން ވިޔަފާރި ކުރުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

"ވިޔަފާރިކުރުމުގައި ރައްޔިތުން އަގަށް ބަލައިގެން ވިޔަފާރިކުރަން ޖެހޭ. ތަކެތި އަގުބޮޑުކޮށް ގަންނަން ފުރުސަތު ލިބެނީ އަގަށް ނުބަލައި ވިޔަފާރިކުރާތީ. އަގަށް ބަލައިގެން ވިޔަފާރިކުރުމުން ވިޔަފާރިވެރިންނަށް އަގުބޮޑުކޮށް ތަކެތި ވިއްކަން ނުލިބޭނެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

ބާޒާރުގެ އަގުތަކަށް މިހާރު އައިސްފައިވާ ބަދަލު ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ މުދަލުގެ އަގުން މާ ބޮޑު ބަދަލެއް ނުފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ އަދި އެންމެ އަގުހެޔޮ މުދާ ވިއްކާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ރެޑްވޭވުގެ 12 ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.