Advertisement

ބީއެމްއެލްގެ "ރަން ފުރުސަތު" ރެޑްވޭވާއެކު، ކާޑުން ވިޔަފާރިކޮށްގެން އިނާމުތަކެއް ލިބިދާނެ

3 ފެބުރުވަރީ 2025 - 10:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބީއެމްއެލްގެ "ރަން ފުރުސަތު" ރެޑްވޭވާއެކު، ކާޑުން ވިޔަފާރިކޮށްގެން އިނާމުތަކެއް ލިބިދާނެ

3 ފެބުރުވަރީ 2025 - 10:16 0

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓު ވިޔަފާރި ކުރަމުންދާ ރެޑްވޭވް އިން ބޭންކް އިފް މޯލްޑިވްސް (ބީއެމްއެލް) އާއެކު "ރަން ފުރުސަތު" ގެ ނަމުގައި ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން މި ހިނގާ ފެބްރުއަރީ މަހު ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު 5،000ރ. ގެ ބީއެމްއެލްގެ ގިފްޓް ވައުޗަރެއް ދޭނެ ކަމަށެވެ.

އަދި މާޗު 1، އިން ފެށިގެން އެޕްރިލް 7، ގެ ނިޔަލަށް ރެޑްވޭވުން ވިޔަފާރި ކޮށްގެން ކޮންމެ ދުވަހަކު 2،000ރ. ގެ ބީއެމްއެލްގެ ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް މަދުވެގެން 300ރ. ގެ ވިޔަފާރި ކުރަން ޖެހެ އެވެ.

ރެޑްވޭވުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ފިހާރައިގެ ރޯދަ ސޭލްގައި 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބެ އެވެ.

ކަސްޓަމަރުން ވިޔަފާރި ކުރަން ގޮސް އުޅޭއިރު ތަކެތީގެ އަގަށް ބަލައިގެން ވިޔަފާރި ކުރާނަމަ، ބާޒާރުގެ އަގުތަކަށް މިހާރު އައިސްފައިވާ ބަދަލު ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ މުދަލުގެ އަގުން ނުފެންނާނެ ކަމުގެ ޔަގީންކަން އެ ފިހާރައިން ދެ އެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ އަދި އެންމެ އަގުހެޔޮ މުދާ ވިއްކާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ރެޑްވޭވުގެ 12 ފިހާރަައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރަ ހުރެ އެވެ.