Advertisement

މެރިން ވައިބުން “ހޮންޑާ މެރިން 350 ހޯސްޕަވާ” ދިވެހި މާކެޓަށް ނެރެފި

11 ފެބުރުވަރީ 2024 - 12:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މެރިން ވައިބުން “ހޮންޑާ މެރިން 350 ހޯސްޕަވާ” ދިވެހި މާކެޓަށް ނެރެފި

11 ފެބުރުވަރީ 2024 - 12:41 0

މެރިން ވައިބުން "ހޮންޑާ މެރިން – 350 ހޯސްޕަވާ" ގެ އިންޖީނު ދިވެހި މާކެޓަށް ނެރެފި އެވެ.

ހޮންޑާ މެރިންގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ މެރިން ވައިބުން ބުނީ، މާކެޓަށް އަލަށް ނެރުނު "ހޮންޑާ މެރިން – 350 ހޯސްޕަވާ" ގެ އިންޖީނަކީ މިހާތަނަށް ހޮންޑާ އިން ނެރޭ އެންމެ ބާރަށް ދުވާ، ތެޔޮ ހަރަދު ކުޑަ އިންޖީނެއް ކަމަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގައި އިފްތިތާހުކުރި މި އިންޖީނުގެ ސަބަބުން ރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށްވެސް މެރިން ވައިބުން ބުނެ އެވެ.

ހޮންޑާ އިންޖީނަކީ އާންމުކޮށް މައްސަލަތައް މަދު އަދި ހަރަދު ކުޑަ އިންޖީނެއް ކަމަށްވާއިރު، އިންޖީނު ރާއްޖެއަށް ތައާރަފްކުރަނީ އޭގެ ކޮލިޓީ ރަނގަޅަށް ބަލައި ޓެސްޓު ކުރުމަށްފަހު އެވެ. އެހެންކަމުން ރާއްޖޭގެ މާހައުލަށް ވެސް މި އިންޖީނުތައް ފެތެ އެވެ.

އިންޖީނާ ބެހޭ މައުލޫމާތު އެކްސްޕޯ މެދުވެރިކޮށް ދެމުން އަންނައިރު، ހޮންޑާގެ ޕްރޮޑަކްޓްސްތަކާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ރާއްޖެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް މެރިން ވައިބުން ބުނެ އެވެ.

ރާއްޖޭގައި މެރިން އިންޑަސްޓްރީގައި ގިނަ ދުވަސްވެފައިވާ ޑީބްލޫ މެރިންގެ ދަށުން ހިންގާ މެރިން ވައިބުގެ ޝޯ ރޫމެއް އޯކިޑު މަގުގައި ހުންނަ މ. ނިމްސާ ވިއުގައި ހުރެ އެވެ.