Advertisement

ޑެންގީ ފެތުރޭތީ ބްރެޒިލްގެ ރިއޯގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

7 ފެބުރުވަރީ 2024 - 11:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑެންގީ ފެތުރޭތީ ބްރެޒިލްގެ ރިއޯގައި ހުރި ކްލިނިކެއްގައި ބަޔަކަށް ފަރުވާ ދެނީ: ޑެންގީ ފެރތ-- ފޮޓޯ: ގެޓީ އިމޭޖަސް


ޑެންގީ ފެތުރޭތީ ބްރެޒިލްގެ ރިއޯގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

7 ފެބުރުވަރީ 2024 - 11:41 0

މަދިރީގެ ޒަރީޔާއިން ގައިން ގަޔަށް އަރާ ޑެންގީ ވަރަށް ބޮޑަށް ފެތުރި، ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.

ރިއޯގެ ސިޓީ ހޯލުން މީޑިއާތަކަށް ބުނީ، ޑެންގީ ފެތުރުން ކޮންޓްރޯލް ކުރަން އެޅި އަވަސް ފިޔަވަޅުތަކުގެ ތެރެއިން އެމަޖަންސީ އޮޕަރޭޝަން 10 ސެންޓަރެއް ހުޅުވައި، އެ ސެންޓަރުތަކުން ޑެންގީ ޖެހިފައިވާ މީހުންނަށް ފަރުވާދެމުން އަންނަ ކަމަށެވެ.

އެގޮތުން އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ވެސް އެ ސެންޓަރުތަކުން ފަރުވާ ދެމުންދާނެ ކަމަށް ރިއޯ ސިޓީ ހޯލުން ބުނެ އެވެ. އަދި ޑެންގީން ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުން ރިއޯގެ އެކި ސަރަހައްދުތަކުގައި މަދިރި ދުން ޖަހަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އޭގެ އިތުރުން ރިއޯގައި "އެގެއިންސްޓް ޑެންގީ އެވްރީ ޑޭ" ނަމުގައި ވަނީ ކެމްޕޭނެއް ފަށައި، އެކި ގިނަ މީހުން އެއްވާ އިވެންޓުތައް މި ވަގުތު ނުބޭއްވުމަށް އަންގާފަ އެވެ.

މިދިޔަ އަހަރު ރިއޯގައި 23،000 ޑެންގީ ކޭސް ރިޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެކަނިވެސް 10،000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ.