Advertisement

ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ކަރުދާސް ފޮށިތަކެއްގައި ރޯވެގެން

3 ފެބުރުވަރީ 2024 - 22:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނަލަހިޔާ ހޮޓެލްގެ ފުރަތަމަ ފަންގިފިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިފައިން ދަނީ އެ ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން -- ފޮޓޯ: އަދަދު


ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ކަރުދާސް ފޮށިތަކެއްގައި ރޯވެގެން

3 ފެބުރުވަރީ 2024 - 22:42 0

ނަލަހިޔާ ހޮޓެލް ހިންގަމުން އަންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގީ ރައްކާ ކޮށްފައި ހުރި ކަރުދާސް ފޮށިތަކެއްގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުންދިޔަ ސައުނާއެއްގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ނަލަހިޔާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ އިރުއްސި 6:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަން އަލިފާން ނިވާ ސިފައިން ދިޔައިރު އިމާރާތުގެ ތެރެއިން ބޯކޮށް ދުން އަރަމުންދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ފޮށިތަކުގައި އަލިފާން ހިފާފައި ހުރީ އެހައި ވަރުގަދައަށް ނޫން ކަމަށާއި ރޯވަމުންދިޔަ އަލިފާން އެވަގުތު ފެންޖަހައި ނިއްވާލި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާންގަނޑު ނިއްވާލި ނަމަވެސް އަދިވެސް އެ އިމާރާތުގެ ތެރޭގައި ވަރަށް ބޯކޮށް ދުން ހުރުމުގެ ސަބަބުން އެތަނުން ދުން ބޭރު ކުރުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފުގެ މީޑިއާއިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާނަމަ އެކަން ލަސްނުކޮށް ސިފައިންނާ ހިއްސާކޮށްދިނުމަށް އެ މުއައްސަސާއިން ވަނީ އެދިފަ އެވެ.