Advertisement

26 އަހަރު ތެރޭގައި ކެންސަރުގެ ކޭސްތައް 77 ޕަސެންޓު އިތުރުވާނެ: ޑަބްލިއުއެޗްއޯ

4 ފެބުރުވަރީ 2024 - 06:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކެންސަރު ބަލި ޖެހިފައިވާ މީހުންގެ އަދަދު 2050 ވަނަ އަހަރު 77 އިންސައްތަ އިތުރުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނޭ


26 އަހަރު ތެރޭގައި ކެންސަރުގެ ކޭސްތައް 77 ޕަސެންޓު އިތުރުވާނެ: ޑަބްލިއުއެޗްއޯ

4 ފެބުރުވަރީ 2024 - 06:54 0

ކުރިޔަށް އޮތް 26 އަހަރު ތެރޭގައި ކެންސަރުގެ ކޭސްތައް 77 ޕަސެންޓު އިތުރުވެގެންދާނެ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނީ 2050 ވަނަ އަހަރާ ހަމައަށް ކެންސަރުގެ 35 މިލިއަން ކޭސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ 2022 ވަނަ އަހަރު އަންދާޒާކުރި 20 މިލިއަން ކޭސްއާ އަޅައިބަލާއިރު 77 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

ކެންސަރު އެންމެ ބޮޑަށް އިތުރުވާނީ ތަރައްގީވެފައިވާ ގައުމުތަކުގަ އެވެ. އެ ގައުމުތަކުން ފަރުވާ ފަސޭހަވި ނަމަވެސް، ތަރައްގީ ތަރައްގީ ނުވާ ގައުމުތަކުގެ މީހުންނަށް ކެންސަރު ފަރުވާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ލަފާކުރެ އެވެ.

ޑަބްލިއުއެޗްއޯ އިން 2022 ވަނަ އަހަރު ހެދި ދިރާސާއިން ދައްކާ ގޮތުގައި ކެންސަރު ބަލީގައި 185 ގައުމަކުން އެ އަހަރު އެކަނިވެސް 9.7 މިލިއަން މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިނެނީ 36 ވައްތަރެއްގެ ކެންސަރުގައި މަރުވި މީހުންނެވެ.

ކެންސަރު ޖެހޭ މީހުން އިތުރުވަމުން ދަނީ ދުންފަތުގެ ބާވަތްކާއި، ބަނގުރަލުގެ ބާވަތްތައް ބޭނުންކުރާ މީހުން އިތުރުވަމުން ދިޔުމުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ. އަދި ވައި ތަގައްޔަރުވުމަކީވެސް ކެންސަރުގެ ކޭސްތައް އިތުރުވާ ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ދިރާސާތައް ދައްކާ ގޮތުން ކޮންމެ ފަސް މީހަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބަކުން ކެންސަރު ބައްޔާ ކުރިމަތިލާން ޖެހޭ މީހެކެވެ. އަދި ކޮންމެ ނުވަ ފިރިހެނެއްގެ ތެރެއިން އެކަކު ކެންސަރުގައި މަރުވާއިރު، ކޮންމެ 12 އަންހެނެއްގެ ތެރެއިން އެކަކު މަރުވަނީ ކެންސަރުގައި ކަމަށެވެ.

ކެންސަރު ބަލިން ރައްކާތެރިވުމަށް ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ބައްޔަށް ކުރީބައިގައި ފަރުވާ ދިނުމަށް ޑަބްލިއުއެޗްއޯއިން ބާރުއަޅަ އެވެ.