Advertisement

ކެންޔާގައި ގޭސް ލޮރީއެއް ގޮވައި ތިން މީހަކު މަރުވެ، 300 އެއްހާ މީހުން ޒަހަމްވެއްޖެ

3 ފެބުރުވަރީ 2024 - 08:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކެންޔާގައި ގޭސް އުފުލި ލޮރީއެއް ގޮވައި ތިން މީހަކު މަރުވެ، 300 އެއްހާ މީހުން ޒަހަމްވުން -- ފޮޓޯ: އޭޕީ


ކެންޔާގައި ގޭސް ލޮރީއެއް ގޮވައި ތިން މީހަކު މަރުވެ، 300 އެއްހާ މީހުން ޒަހަމްވެއްޖެ

3 ފެބުރުވަރީ 2024 - 08:28 0

ކެންޔާގެ ވެރިރަށް ނައިރޯބީގައި ގޭސް ލޮރީއެއް ގޮވައި ތިން މީހަކު މަރުވެ، ތިން ސަތޭކައެއްހާ މީހުން ޒަހަމްވެއްޖެ އެވެ.

ކެންޔާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ނައިރޯބީގެ އެމްބަކަސީ ޑިސްޓްރިކްޓްގައި ގޭސް ހިފައިގެން ދިޔަ ލޮރީއެއް އިއްޔެ ގޮވާފައިވާ ކަމަށާއި، އެ ގޮވުމުގައި ބައެއް ގެތަކާއި، ވެހިކަލްތައް ވެސް ހަލާކުވެފައިވާ ކަމަށެވެ.

އެމްބަކަސީގެ ޕޮލިސްގެ ވެރިޔާ ވެސްލީ ކިމެޓޯ ވިދާޅުވީ ހާދިސާގައި މަރުވި ތިން މީހުންގެ ތެރޭގައި ކުޑަ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ. މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާދިސާގައި ޒަހަމްވި 271 މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު، އޭގެ ތެރޭގައި 25 ކުޑަކުދިން ހިމެނޭ ކަމަށާއި، 39 މީހަކަށް ފުރާނައަށް ނުރައްކާވާ ވަރަށް ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ. އަދި 27 މީހަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ވަނީ ފަށައިފަ އެވެ. އަދި މިކަމާ ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.