Advertisement

އަލްޝާލީ މެރިންގެ އާ އުފެއްދުމެއް މެރިން އެކްސްޕޯގައި ދައްކާލަނީ

4 ފެބުރުވަރީ 2024 - 08:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

2021 ވަނަ އަހަރު ބޭއްވި މެރިން އެކްސްޕޯގެ ސްޓޯލްތައް. މި ފަހަރުގެ އެކްސްޕޯގައި ވެސް އަލްޝާލީ މެރިންއިން އާ އުފެއްދުމެއް ދައްކާލާނެ. -- ފޮޓޯ: އަދަދު


އަލްޝާލީ މެރިންގެ އާ އުފެއްދުމެއް މެރިން އެކްސްޕޯގައި ދައްކާލަނީ

4 ފެބުރުވަރީ 2024 - 08:31 0

ބޯޓު ފަހަރާއި ލޯންޗު ބަނުމުގައި ފުންނާބު އުސް އަލްޝާލީ މެރިންގެ އާ އުފެއްދުމެއް މި އަހަރުގެ މެރިން އެކްސްޕޯގައި ދައްކާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 އިން 11 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

އަލްޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވީ ތައާރަފުކުރަނީ 30 ފޫޓުގެ މަލްޓިޕާޕަސް އެކްސްކާޝަންއަށް ދެވޭ ގޮތަށް ފަރުމާކުރާ ލޯންޗެއް ކަމަށާއި، މި ލޯންޗަކީ ހުރިހާ މާކެޓަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ލޯންޗެއް ކަމަށެވެ.

"ހުރިހާ ބޭފުޅުންވެސް ބަލާލަން ދުރުވަންވީ. މިއީ ވަކި މާކެޓަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ އެއްޗެއްގެ ބަދަލުގައި ހުރިހާ މަކެޓަކަށްވެސް ބޭނުން ކުރެވޭނެ ގޮތަށް ފަރުމާ ކުރެވި ބިލްޑް ކުރެވިގެންދާ ލޯންޗެއް،" ޝަރީފް ވިދާޅުވި އެވެ.

މި ޕްރޮޑަކްޓް އަގުބޮޑު ނުވާނެކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ލޯންޗު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ޕޭމަންޓް ޕްލޭންތަކެއް ދޭނެ ކަމަށެވެ.

އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ދެމެދު އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އަލްޝާލީގެ މައި ކުންފުނީގެ މަސައްކަތްތައް 1979 ގައި ފެށިއިރު މެދުއިރުމަތީގައި އެ ކުންފުންޏަކީ ފައިބާގްލާސް ބޯޓާއި ޔޮޓު އުފެއްދުމުގައި ނަން ހިނގާ ކުންފުންޏެކެވެ.