Advertisement

ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވެއްޖެ

31 ޖަނަވަރީ 2024 - 22:24 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމެއްގެ ތެެރެއިން ވިޝާމް.--- ފޮޓޯ: އަދަދު


ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވެއްޖެ

31 ޖަނަވަރީ 2024 - 22:24 1

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ވިޝާމްގެ އާއިލާއިން "އަދަދު" އަށް ބުނީ ވިޝާމް ފެނުނީ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވައި ކަމަށެވެ. ވިޝާމް ވެއްޓިފައި އޮތްއިރު، ބޯ ވެސް ފަޅައިގެން ގޮސްފައި ހުރި ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.

ވިޝާމްގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ވިޝާމް އަވަހާރަވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް ކުޅަދާނަ ގާނޫނީ ވަކީލު، ވިޝާމް އައްޔަން ކުރީ 2022 ވަނަ އަހަރުގެ ޖޫން 12 ގަ އެވެ. އޭނާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޓާނީ ޖެނެރަލްގެ ނައިބުކަން ވެސް ކުރެއްވި އެވެ.

ވިޝާމް އަކީ ކުޅިވަރުގައި ވެސް އެކި މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން އެކި މަސައްކަތްތައް ކުރެއްވި އެވެ.

އޭގެ އިތުރުން، ވިޝާމް އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ވެސް އެޑްމިނިސްޓްރޭޓިވް ކަންކަމާއި ގާނޫނީ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ. ނިއުގެ މެނޭޖަރެއްގެ ގޮތުގައި ވެސް ހިދުމަތްކުރި އެވެ.

ކުއްލި ގޮތަަކަށް ވިޝާމް ވަކިވެދިއުމުން، ގިނަ ފަރާތްތަކުން އަންނަނީ އޭނާގެ ހަނދާނުގައި ޝުއޫރު ފާޅުކުރަމުންނެވެ.