Advertisement

މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެންބަރު 2025 - 01:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާ ކައުންސިލްގެ ރައީސް ސިރާޖު


މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެންބަރު 2025 - 01:02 0

މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބާ ކައުންސިލުން ގޮވާލައިފި އެވެ.

ބާ ކައުންސިލުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލާ ގުޅިގެން ދާއިރާއާ ގުޅޭ އެކި ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމުގެ އިތުރުން އާންމުންގެ ހިޔާލު ބިލަށް ހޯދުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭ ކަމަށެވެ.

ބިލާ ގުޅިގެން ބާ ކައުންސިލުގެ ކޮމެންޓްތައް މަޖިލީހަށް ފޮނުވިކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގާނޫނު އަސާސީގައި ހުރި ހަމަތަކާ އެއްގޮތް ކުރަން ޖެހޭ ކަމަށެވެ.

އޭގެއިތުރުން ބިލުގައި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ވެސް ރިޔާއަތް ކުރަން ޖެހޭ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީން ނުކުތުމުން ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ބިލު ވަނީ ފާސްކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ދައުރުން ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާއެއް މިހާތަނަށް ވެސް ހާމައެއް ނުކުރެ އެވެ. 

މާދަމާ ބާއްވާ އެ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ރައްޔިތުންގެ މަޖިލީހުން، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ފާސްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ބިލު މާދަމާ ފާސްކުރާނެ ކަމަށް ބެލެވޭތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މާދަމާ ހެނދުނު 8:30 އަށް މަޖިލިސް ދޮށަށް އާންމުން އެކަމާ ދެކޮޅު ހަދަން އެއްވާން ގޮވާލައިފަ އެވެ.