Advertisement

ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި، ފާސްވީ 47 ޕަސެންޓު ކެންޑިޑޭޓުން

މީގެ ކުރީ އަހަރެއްގައި ބާ އިމްތިހާނަށް ތައްޔާރުކޮށްފައި -- ފޮޓޯ: ބާ ކައުންސިލް


ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި، ފާސްވީ 47 ޕަސެންޓު ކެންޑިޑޭޓުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

މިދިޔަ އޮކްޓޫބަރު 11، ގައި ބޭއްވި ބާ އިމްތިހާނުގައި 136 ކެންޑިޑޭޓުން ބައިވެރިވި އެވެ. ނަމަވެސް ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ފާސްވީ 47 ޕަސެންޓު ދަރިވަރުން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ އިމްތިހާނުން އެންމެ މަތީ ވަނަ ހާސިލުކުރި ނުވަ ދަރިވަރުންނަކީ:

  • މުއިއްޒު އިބްރާހިމް - ވިލާ ކޮލެޖު
  • މަރިޔަމް ސައިފާ ރަޝީދު - ޔުނިވާސިޓީ އޮފް މެންޗެސްޓާ
  • އަލީ މުރާދު - ވިލާ ކޮލެޖު
  • މަރިޔަމް އިފާސާ - ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
  • މުހައްމަދު ދާއިން އަހުމަދު - ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
  • މުހައްމަދު އުމައިރު އިސްހާގު - ޓޭލާސް ޔުނިވާސިޓީ
  • އަހުމަދު މާހިން ހަސަން - ޔުނިވާސިޓީ އޮފް ޔޯކް
  • އަލީ ޝިފާއު - އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
  • މުހައްމަދު އަލްތަފް އަލީ - ޔުނިވާސިޓީ އޮފް ވޯރިކް

ބާ އިމްތިހާނަކީ ގާނޫނީ ދާއިރާއަށް ނުކުންނަ މީހުންނަކީ ގާނޫނީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ބައެއްކަން ކަށަވަރު ކުރުމަށް ބާއްވާ އިމްތިހާނެކެވެ. އެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކިބައިގައި ހަ ދާއިރާއަކުން ގާނޫނީ ފަންނާ ގުޅުމަށް ބޭނުންވާ އިލްމާއި ހުނަރު ހުރި މިންވަރު ވަޒަންކުރެ އެވެ.

އެ ގޮތުން ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ އަދި ޓޯޓް ލޯ އާއި މޯލްޑިވިއަން ލީގަލް ސިސްޓަމް އަށް އަހުލުވެރިވެފައިވާ މިންވަރު އެ އިމްތިހާނުން ވަޒަންކުރެ އެވެ.