ވިލިނގިލީ ކުއްޖާ މާލެ ގެނައުން ލަސްވި ސަބަބުން އާސަންދައިން ބުނެފި

މޯލްޑިވިއަންގެ މަތިންދާބޯޓެއް. އާސަންދައިން ބުނީ ގއ. ވިލިނގިލީގައި ހާލުބޮޑުވި ކުއްޖާ މާލެއަށް ގެނައުން ލަސްވީ މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވިއަންގެ މަތިންދާބޯޓެއް. އާސަންދައިން ބުނީ ގއ. ވިލިނގިލީގައި ހާލުބޮޑުވި ކުއްޖާ މާލެއަށް ގެނައުން ލަސްވީ މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސްޓްރޯކެއް ޖެހިގެން މާލެ ގެނައުން ލަސްވި ގއ. ވިލިނގިލީ 13 އަހަރުގެ ކުއްޖާ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ނިޔާވުމާ ގުޅިގެން އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން، އެ ކުއްޖާ މާލެ ގެނައުން ލަސްވި ސަބަބުން އާސަންދައިން ހާމަކޮށްފި އެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ހާލިދު ނިޔާވީ އިއްޔެ ހެނދުނު އެވެ. ބުދަ ދުވަހުގެ ރޭ ވިލިނގިލީ ހޮސްޕިޓަލްގައި އެޑްމިޓުކުރި ޖާހު މާލެ ގެނެވުނީ ޗާޓަރު ފްލައިޓެއްގައި ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ބްރެއިން ޓިއުމަރެއް ވެސް ހުންނަ އެ ކުއްޖާ އަށް ސްޓްރޯކެއްގެ ޖެހި ސިއްހީ ހާލަތު ދަށް ދިޔައިރު، މާލެ ގެނައުން ލަސްވެގެން އެރަށުގެ ބަޔަކު ހޮސްޕިޓަލް ކައިރީގައި ބުރާސްފަތި ދުވަހު މުޒާހަރާ ވެސް ކުރި އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ދާއިރު، ކަން ހިނގައި ދިޔަ ގޮތް ހާމަކުރަން އާސަންދައިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބަލި ކުއްޖާ ކުއްލި ހާލަތުގައި މާލެ ގެނައުމަށް އާސަންދައިގައި އެދިފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު (ޖެނުއަރީ 18، 2024) 5:03 ގައި ކަމަށެވެ. އެ ހުށަހެޅުން 12 މިނެޓު ތެރޭގައި އެޕްރޫވްކޮށް، އެންމެ އަވަހަށް އޮތް ފްލައިޓަކުން މާލެ ގެނައުމަށް މަސައްކަތް ފެށި އެވެ.

ނަމަވެސް، މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓެއް އެންމެ އަވަހަަށް އޮތީ ހުކުރު ދުވަހު (ޖެނުއަރީ 19، 2024) ގެ ފަތިހަށް ކަމަށް ވާތީ، އާސަންދައިން ފްލައިޓެއް ޗާޓަރުކުރި އެވެ،

ޗާޓަރު ފްލައިޓު ހަމަޖައްސައި ބަލި ކުއްޖާ މާލެ ގެނެވޭނެ ވަގުތު މޯލްޑިވިއަންއިން އާސަންދައަށް އެންގީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގަ އެވެ. އެ ފްލައިޓު ބުރާސްފަތި ދުވަހުގެ މެނދުރު ފަހު 2:55 ގައި ކޫއްޑޫގައި ޖެއްސުމަށް ފަހު، ބަލި ކުއްޖާ ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލުކޮށްފައި އޮތީ ހަވީރު 4:20 ގަ އެވެ.

ބަލި ކުއްޖާ ކޫއްޑޫ އެއަޕޯޓަށް ގެންދިއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ވަނިކޮށް، ލ. ކައްދުއަށް ދާ ފްލައިޓް ކޫއްޑޫއަށް މަޑުކޮށް ބަލި ކުއްޖާ ގޮވައިގެން އާދެވިދާނެ ކަމަށް މޯލްޑިވިއަންއިން އެނގި އެވެ. ނަމަވެސް އެ މަތިންދާ ބޯޓުގައި ބަލި ކުއްޖާ ނުގެނެވުނީ އެންމެ ފަހު ވަގުތު އެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ކޫއްޑޫއަށް ނުދެވިގެން ކަމަށް އާސަންދައިން ބުނެ އެވެ.

އެހެންވެ ޗާޓަރު ފްލައިޓެއް އަލުން ހަމަޖައްސައިގެން އެ ކުއްޖާ މާލެ ގެނެވުނީ ހަވީރު 5:15 ގަ އެވެ.

މިކަންކަން ސާފުކޮށް ދިނުމަށް ފަހު އާސަންދައިން އިލްތިމާސްކުރީ، މިފަދަ ހާލަތެއްގައި އެއްވެސް ފަރާތަކުން ދޮގު ނުފެތުރުމަށެވެ.

ވިލިނގިލީ ކުއްޖާގެ މަރަށް ފަހު، ކުއްލި ހާލަތުގައި މީހަކު އުފުލަން ޖެހިއްޖެ ނަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ ބަލި މީހާ އުފުލުމަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުމެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox