ރާއްޖެއާ ދެކޮޅު ކެމްޕޭނަށްފަހު ގިނަ ބުކިންތަކެއް ކެންސަލް ކުރަމުންދާ ކަމަށް ބުނެފި

ބިދޭސީ ފަތުރުވެރިންތަކެއް ހުޅުމާލޭގައި: ނޫސްތަކުން ބުނަނީ ބުކިންތައް ކެންސަލް ކުރަނީ ގައުމީ ރޫހެއްގައި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބިދޭސީ ފަތުރުވެރިންތަކެއް ހުޅުމާލޭގައި: ނޫސްތަކުން ބުނަނީ ބުކިންތައް ކެންސަލް ކުރަނީ ގައުމީ ރޫހެއްގައި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ޒިޔާރަތް ކުރަން ގޮވާލައި އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން ވެސް ހިމެނޭ ގޮތަށް ފެށި ކެމްޕޭނަށްފަހު، ރާއްޖެގައި ޗުއްޓީ ހޭދަކުރުމަށް ހަދާފައިވާ ގިނަ ހޮޓެލް ބުކިންތަކެއް ކެންސަލް ކުރަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުން ބުނަން ފަށައިފި އެވެ.

ރާއްޖެއާ ދެކޮޅަށް އިންޑިއާއިން ކެމްޕޭނެއް ފަށާފައި މިވަނީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފަ އެވެ.

އެ ކެމްޕޭނާއެކު މިހާތަނަށް ޖުމްލަ 10،500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާޓަކުން އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މި ނަމްބަރުތައް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

އޭގެ އިތުރުން، އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އީޒް މައި ޓްރިޕް" އިން ވަނީ ރާއްޖެއަށް ހަދާފައިވާ ހުރިހާ ފްލައިޓު ބުކިންތަކެއް ކެންސަލްކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ ނިޝާންތް ޕިއްޓީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ގައުމީ ރޫހެއްގައި އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

މި މައްސަލާގައި "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެކަމާ ގުޅޭ އަދަދުތައް ލިބެން އަދި ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށާއި ރިސޯޓުތަކުން ވެސް އެފަދަ މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށެވެ.

ކެންސަލް ކުރި ބުކިންތަކުގެ އަދަދު ހޯދުމަށް ރާއްޖެ ޕްރޮމޯޓުކުރުމުގެ މެންޑޭޓު މަތިކޮށްފައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު "އަދަދު" އަށް ވިދާޅުވީ ކެންސަލްވާ ބުކިންތަކުގެ ޑޭޓާ ބަލަހައްޓާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ "މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން" ކަމަށެވެ.

އިންޑިއާއިން އިންތިޒާމު ވެގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު އެކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހަރަކާތްތެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.

އެގޮތުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމުގެ ކާމިޔާބުގައި އިންޑިއާ ފަތުރުވެރިންގެ މާކެޓު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ހާއްސަކޮށް ގެސްޓް ހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގައި. މަޓާޓޯއިން ހުރިހާ ސްޓޭކްހޯލްޑަރުންނަށް ގޮވާލަނީ ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ގުޅިފައިވާ އިގުތިސޯދުގެ ސަބަބުން ލިބެމުންދާ ފައިދާތައް ބަލައިގަތުމަށް," އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox