23 ނޮވެންބަރު 2023 - 11:50 0
މުހައްމަދު އުޝާމް
23 ނޮވެންބަރު 2023 - 11:50 0
އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުގަ އެވެ. އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފަ އެވެ.
މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.
ލަމްހާގެ ބަންދު މުރާޖައާ ކުރުމަށް، އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ގޮތެއް ނިންމަވަމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ޝަރީއަތް ދިގުލައިގެންދާއިރު ތުހުމަތެއްގައި ހުރުމަކުން ބަންދުގައި މާ ގިނަ ދުވަހަކު ބެހެއްޓުން އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ލަމްހާއަކީ ކުށުގެ ރެކޯޑެއް މީގެ ކުރިން އޮތް މީހަކަށް ނުވެފައި، ނަމަވެސް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހަކަށް ވާތީވެ، މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލެވޭނަމަ، ޓެގު އަޅުވާފައި އޭނާ ހުންނަ ތަން ބެލޭނެ ގޮތަށް ވިޔަސް ލަމްހާ ދޫކޮށްލުމަށް ވަކީލުން ކުރިން ބޭއްވި އަޑުއެހުމުގައި އެދިފައިވެ އެވެ.
ނަމަވެސް ފައިގައި ޓެގް އެޅުވުމުގެ ނުކުތާއަށް ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.
އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment