Advertisement

ވަގު ކޯޓާގެ ނެޓުވޯކެއް ހިންގި ޝަހާދަތު އާއެކު ޕީޖީން އެއްބަސްވުމެއް ހެދުމުން އަދަބު ލުއިވެއްޖެ


ވަގު ކޯޓާގެ ނެޓުވޯކެއް ހިންގި ޝަހާދަތު އާއެކު ޕީޖީން އެއްބަސްވުމެއް ހެދުމުން އަދަބު ލުއިވެއްޖެ

ރާއްޖެއަށް ބިދޭސީން ގެނައުމުގައި ގާނޫނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ކުށް ކޮށްގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން އާއެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާފު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ތަންފީޒު ކުރަން ޖެހިއްޖެ އެވެ.

އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ޖުމުލަ ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެމުންދިޔަ މީހެކެވެ. އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ހަ އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި ތިން ޑޮލަރު އެކައުންޓް ހިމެނެ އެވެ.

އޮކްޓޯބަރު 2019 އިން ފެށިގެން އޭނާގެ އެކައުންޓުތަކުން އަށް މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވއިރު އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ކުށާއި، ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެފަ އެވެ.

ހުކުމް އިއްވިއިރު ވެސް ފުލުހުންގެ ބަންދުގައި އޭނާ 10 މަހާއި 17 ދުވަސް ހޭދަކޮށްފައިވާއިރު އޭނާގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ. އަދި 53،400ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ޕީޖީ އޮފީހުން އޭނާ އާއެކު ހެދި އެއްބަސްވުމުގައި ވާ ގޮތުން އޭނާއަށް އަންނަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 21،600ރ. އެވެ.

ކްރިމިނަ ކޯޓުން އިއްވި ހުކުމުގައި އޮތީ އެ އަދަބުގައި އޭނާ ތަންފީޒު ކުރަން އޮތީ އެއް އަހަރާއި ހަތް މަހާއި 12 ދުވަހެވެ.

މި މައްސަލާގައި ހިމެނޭ އިމިގްރޭޝަން މުވައްޒަފުންގެ ބަޔާއި އާންމުންގެ ބައި ވަކިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ. އެކަމުގެ ތަފްސީލެއް ފަހުން ހާމަކޮށްފައެއް ނުވެ އެވެ.