Advertisement

ފަނޑިޔާރު ޝަކީލު ރިޓަޔާކުރައްވަން ޖޭއެސްސީން ފާސްކޮށްފި

2 ނޮވެންބަރު 2023 - 12:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަނޑިޔާރު ޝަކީލް. އޭނާ ޝަރުއީ ދާއިރާއަށް ނުކުމެވަޑައިގަތީ 2003 ގައި --- ފޮޓޯ: އިންސްޓަގްރަމް/ހައިކޯޓު


ފަނޑިޔާރު ޝަކީލު ރިޓަޔާކުރައްވަން ޖޭއެސްސީން ފާސްކޮށްފި

2 ނޮވެންބަރު 2023 - 12:21 0

ހައިކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލު ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި އެވެ.

މި އަހަރުގެ މާޗު މަހު ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ފަނޑިޔާރު ޝަކީލު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމުން އެ ކަން ގަބޫލުކުރައްވަން ކޮމިޝަނުން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

އެނގިފައިވާ ގޮތުގައި ރިޓަޔަމަންޓް ބަލައިގަންނަން ކޮމިޝަނުން ފާސްކުރީ ތިން މެންބަރުންގެ ވޯޓުންނެވެ. އަދި އެއީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި މެންބަރުންނެވެ.

އެ މެންބަރުންނަކީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ވަކީލުންގެ މެންބަރު އަބްދުލްމާނިއު ހުސައިން އަދި އާންމުންގެ މެންބަރު އައިމިނަތު އުމްކުލްސުކޫމެވެ.

ޖޭއެސްސީން މައުލޫމާތު ދިން ގޮތުގައި ޝަކީލަށް ކުރިމަތިވެފައި ވަނީ ހިތުގެ ބައްޔެއް ކަމަށްވާ ސިކް ސައިނަސް ސިންޑްރޯމް އެވެ. މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރު ލައްވާފައިވާއިރު ޑޮކްޓަރު ދެއްވާފައިވާ ރެކަމަންޑޭޝަންތަކަށް، ނިންމުމުގައި ބުރަވެފައި ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ފަނޑިޔާރު ޝަކީލު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ މާޗު 23، 2003 ގަ އެވެ. މިދިޔަ 20 އަހަރު ތެރޭގައި އެމަނިކުފާނު ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓާއި ކްރިމިނަލް ކޯޓުގައި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އެމްއެމްޕީއަރުސީން ވިއްކާލި ވ. އާރަށުގެ މައްސަލައިގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑަކުރި ދައުވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެގެން ހުކުމް އިއްވީ، އެއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު ޝަކީލެވެ.

ޝަކީލު އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން އިއްވި ހުކުމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ދިޔަ ސަބަބެވެ.