Advertisement

މަކުނުދޫގައި މަރުވި މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

25 އޮކްޓޯބަރު 2023 - 11:20 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގޭސް ސިލިންޑަރު ގޮވި ހާދިސާގައި މަރުވި ދެމީހުން؛ ފުލުހުން ބުނީ އެމީހުންގެ ހަށިގަނޑު އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާކަމަށް


މަކުނުދޫގައި މަރުވި މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

25 އޮކްޓޯބަރު 2023 - 11:20 0

މިދިޔަ ހޮނިހިރު ދުވަހު ގޭސް ސިލިންޑަރުތަކެއް ގޮވައިގެން ހދ. މަކުނުދޫގައި މަރުވި މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ އާއިލާއިން އެދުމުންނެނެވެ. ގޭސް ސިލިންޑަރުތަކެއް ގޮވައި އެމީހުންގެ ހަށިގަނޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އޭގެ ތެރެއިން އެކަކުގެ ބޯ ވެސް އޮތީ ހަށިގަނޑާ ވަކިވެފައި ކަމަށާއި އަނެއް މީހާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި, ގޮވުމުގެ ބާރު ގަދަވުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

މަކުނުދޫ ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ ދެ ބިދޭސީ ފިރިހެނުންނެވެ. އެއީ އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.