Advertisement

މަކުނުދޫ ބާރުގަދަ ގޮވުން: ސަލާމަތްވި މީހާގެ ވާހަކަ

24 އޮކްޓޯބަރު 2023 - 15:12 4

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގޮވުމުގައި ގެއްލުން ލިބުނު އިމާރާތެއް. އެ ތަނުގެ ބިއްލޫރި އާއި ސީލިންއަށް ވެސް ގޮވުމުގެ އަސަރުކުރި


މަކުނުދޫ ބާރުގަދަ ގޮވުން: ސަލާމަތްވި މީހާގެ ވާހަކަ

24 އޮކްޓޯބަރު 2023 - 15:12 4

ހޮނިހިރު ދުވަހު ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލިންޑަރުތަކެއް ގޮވި ހާދިސާ ހިނގި ދުވަހު، އެހާދިސާގައި މަރުވި ދެމީހުންނާ އެކު މަސައްކަތް ކުރި ތިން ވަނަ މީހަކު ހުއްޓެވެ. މަކުނުދޫ އިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އޭނާ ސަލާމަތްވީ ގޮވުމުގެ ހަމަ ކުޑައިރުކޮޅެއް ކުރިން އޭނާ އެތަނުން ނުކުމެވުނީމަ އެވެ.

އެރަށު ހަލީމަތު ހުސައިން 40އ، ކިޔައިދިން ގޮތުގާ އެ ހާދިސާ ހިނގުމުގެ ކުރިން ދަގަނޑުފިލާ ކީހުމުގައި ތިން މީހަކު ހަރަކާތްތެރިވި އެވެ. ސަލާމަތްވި މީހާއަކީ މަސައްކަތުގައި އުޅުމަށް ފަހު ފެން ގަންނަން ދިޔަ މީހެއް ކަމަށް އޭނާ ކިޔައިދިނެވެ.

"ސަލާމަތްވި މީހާއަކީ ހަމަ އެތަނުގައި އުޅުމަށް ފަހު ފެން ބަލާ ދިޔަ މީހެއް ކަމަށްވަނީ. އޭނަ ހަމަ ދިޔަތަނާ އޭތި ގޮވައިފި. ގޮސްފަ ނުވާނެ ހަމަ އިރުކޮޅެއްވެސް" ހަލީމަތު ކިޔައިދިނެވެ.

އެއާޕޯޓު ޕްރޮޖެކްޓުގެ މެނޭޖަރ މުބީން "އަދަދު"އަށް ވިދާޅުވީ، އެ ހާދިސާގައި އެކަކު ސަލާމަތްވެފައިވާކަމަށެވެ. ސަލާމަތްވީ އިންޑިއާ މީހެއް ކަމަށް މުބީން ކިޔައިދިނެވެ.

ހާދިސާގައި މަރުވި ދެ މީހުންނަކީ ވެސް އެ ރަށުގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ މީހުންނެވެ. އެ މަސައްކަތް ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި, ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސް އިންނެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މަރުވި ބައިސަންގެ ދެ މުވައްޒަފުންނަކީ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

މަކުނުދޫއިން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި ހާދިސާއަށް ތިން ދުވަސް ވީއިރު، އަދިވެސް ބަނދަރު މަތިން ނިޔާވި މީހުންގެ ކަށިކޮޅުކޮޅާއި، ސިލިންޑަރުތަކުގެ ބައިތައް ދަނީ ފެންނަމުންނެވެ. އަދި ބަނދަރު ތެރެއިންވެސް އެފަދަ ބައެއް ތަކެތި ނަގާފައިވާކަމަށް އޭނާ ހިއްސާކުރި އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫއަށް ގޮސް ތަހުގީގު ވަނީ ފަށާފަ އެވެ. މިއީ ތަހުގީގު އެންމެ ފުރަތަމަ މަރުހަލާ ކަމުން ސީދާ ގޮތެއްގައި މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ނޭނގެ އެވެ. އަދި, ލިބުނު ގެއްލުންތަކާއި ގޮވުމުގެ ބާރު މިނުގެ ތަފްސީލުތަކެއް ވެސް އެނގިފައި ނުވެ އެވެ.