Advertisement

ކޭޕާކް މައްސަލަ: އާބަންކޯއިން އެއްބާރުލުން ނުދޭކަމުގެ ކަންބޮޑުވުން

21 ސެޕްޓެންބަރު 2023 - 12:30 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކޭޕާކް ރެސިޑެންސް ހަދަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް


ކޭޕާކް މައްސަލަ: އާބަންކޯއިން އެއްބާރުލުން ނުދޭކަމުގެ ކަންބޮޑުވުން

21 ސެޕްޓެންބަރު 2023 - 12:30 0

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓުތައް ވިއްކުމުގައި މަކަރު ހަދައި އެޕާޓްމެންޓުތައް ނިންމުން ލަސްވެފައިވާ މައްސަލާގައި އެތަންތަން ގަތް މީހުންނަށް އާބަންކޯއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓު ގަތް 60 މީހުން ތަމްސީލުކުރާ އެޑްވޮކަސީ ޗެމްބާސްއިން ނެރުނު ބަޔާނެއްގައި ބުނީ, އެޕާޓްމަންޓް ގަނެ ވިއްކުމުގެ މުއާމަލާތްތަކާ ގުޅިގެން، ކޭޕާކުން އެޕާޓްމެންޓު ގަތް މީހުންގެ މަސްލަހަތުގައި ހޯދަން އެދުނު މައުލޫމާތުތަކެއް ނުލިބިވާ ކަމަށް ބުނެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ލިބެން ޖެހޭ މައުލޫމާތަކަށް ވާތީ އެކަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށް ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އަދި ރައީސް އޮފީހަށް ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެދި މޭ މަހުގެ 25 ގައި ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިމާރަތްކުރުމަށްޓަކައި އެޗްޑީސީގެ ފަރާތުން ކޮރެއާގެ ހަންބޯ ކޮމްޕެނީ ލިމިޓެޑްއާ ހަވާލުކުރިއިރު، އެކަށީގެންވާ ގޮތެއްގައި ޑިއު ޑެލިޖަންސް ހަދާފައިނުވާ ކަމަށް ވެސް އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕްރޮޖެކްޓު ކުރިއަށް ގެންދަން ހަމްބޯއިން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާއިރު ބިމުގެ ވެރިފަރާތުގެ ހައިސިއްޔަތުން އާބަންކޯއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ އިމާރާތުން ފްލެޓް ގަތުމަށް ފައިސާ ދައްކާ އެއްބަސްވުން ހެދި ފަރާތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމަށް ވެސް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުންނުދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވާތާ ގިނަދުވަސްތަކެއް ވެފައިވާއިރު، އެ އިމާރާތުން ފްލެޓް ގަތުމަށް ފައިސާ ދައްކާ އެއްބަސްވުން ހެދި ފަރާތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމަށް އެޗްޑީސީން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުންނުދާކަން ވަނީ ފާހަގަކުރެވިފައެވެ." ބަޔާނުގައި ބުނެ އެވެ.

ކޭޕާކު ޕްރޮޖެކްޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަަލަ އެކުންފުނީގެ މެޖޯރިޓީ ހިއްސާދާރު، ޗައިނާގެ ޖިން ޝީ ހޫ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ. އެ ތުހުމަތުތައް މަމްދޫހު ދޮގުކުރެ އެވެ.

އެ މައްސަލައިގައި މަމްދޫހު ހައްޔަރުކޮށް ޕާސްޕޯޓު ހިފެހެއްޓި އެވެ. ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.

ކޭޕާކް ރެސިޑެންސްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި އެޕާޓްމަންޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ހަމްބޯ ކުންފުނިން ބުނެފައިވެ އެވެ.