Advertisement

އިމްރާނާ ދެކޮޅަށް އަޑު އުފުލުމުން ތިން މެންބަރުންގެ ނަން އިއްވައިފި

22 މޭ 2023 - 09:43 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ތިން މެންބަރުންގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފައިވަނީ އިމްރާންއާ ދެކޮޅަށް އަޑު އުފުލުމުން-- ފޮޓޯ: ވީީޑިއޯ ކެޕްޗާ


އިމްރާނާ ދެކޮޅަށް އަޑު އުފުލުމުން ތިން މެންބަރުންގެ ނަން އިއްވައިފި

22 މޭ 2023 - 09:43 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުވުމުން، އަޑުގަދަކުރި އިދިކޮޅު ތިން މެންބަރެއްގެ ނަން އިއްވައިފި އެވެ.

އިމްރާން މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ އަބްދުﷲ ރިޔާޒް، ޕޮލިސް ސްޓޭޝަންތަކަކާ ގުޅޭ ގޮތުން ކުރައްވާ ސުވާލަކާ ގުޅިގެންނެވެ.

ޖަލްސާ ފެށުނުއިރު އިމްރާން ހާޒިރުވެ އިން އިރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރިޔާސަތުގެ އިއްވުމުގެ ތެރޭގައި އަޑުގަދަ ކުރަން ފައްޓަވައިފަ އެވެ. ކިޔާ އެއްޗެއް ސާފު ނުވިނަމަވެސް، ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ޔާމީން އަބްދުލްގައްޔޫމް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ކަމަށް ބުނެ އެވެ.

ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އަޑުގަދަ ނުކުރެއްވުމަށް "އިލްތިމާސް" ކުރައްވައިފަ އެވެ. އަދި, ބަހުސްގެ އެހެން ވަގުތުތަކުގައި އެ ކަންބޮޑުވުންތައް ހުއްޓާލުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

އޭގެ ފަހުން ޝިޔާމް ގޮނޑިއަށް އަނބުރާ ވަޑައިގެން އަޑުމަޑު ކުރެއްވިނަމަވެސް އިމްރާނު ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވުމާއެކު އަނެއްކާވެސް އަޑު ގަދަ ކުރައްވަން ފެއްޓެވި އެވެ.

ޝިޔާމްގެ އިތުރުން އިދިކޮޅަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ އަޑުގަދަ ކުރައްވާފަ އެވެ.

އެ މެންބަރުންތައް ވަނީ ވަޒީރު އިންނެވި ތަނުގެ ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރައްވައިފަ އެވެ. އަދި, މައްސަލަ ހައްލުކުރުމުގެ ގޮތުން އެ މެންބަރުން ކައިރިއަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވެސް ވަޑައިގެން ވާހަކަ ދެއްކެވި އެވެ.

އެ ތިން މެންބަރުންނަށް ވެސް ނަސޭހަތްތެރިވުމަށް ފަހު، ވަނީ ނަން އިއްވައިފަ އެވެ. މެންބަރު އަބްދުލްގަފޫރަށް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވުމުން އޭނާ ވަނީ އަނބުރާ ގޮނޑިއަށް ވަޑައިގަންނަވާފަ އެވެ.