Advertisement

ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކުރަން އުޅެނީ ޕީއެންސީން ކެމްޕެއިނަށް ކުރާ ހަރަދު ކުޑަކުރަން

about 15 hours 0

އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަނޫފް ޖުނައިދު/ ދައުރު ނޫސް


ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކުރަން އުޅެނީ ޕީއެންސީން ކެމްޕެއިނަށް ކުރާ ހަރަދު ކުޑަކުރަން

about 15 hours 0

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކެމްޕެއިނަށް ކުރާ ހަރަދު ކުޑަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.

"ދެ އިންތިހާބު އެއްކުރަން ނުފެނޭ" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް ކެމްޕެއިންގެ ހަރަދު ކުޑަކޮށް އެއްފަހަރާ ދެ އިންތިހާބު ނަގަން ފަސޭހަކުރުން ކަމަށެވެ.

"ހަގީގަތުގައި ދައުލަތުގެ ހަރަދު ކުޑަކުރަންށޭ ކިޔާފައި ކުރަން އެއުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރަކަށް ވެސް ނޫން، ސަރުކާރު ހިންގާ ޕާޓީއަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ހަރަދު ކުޑަކުރަނީ. އެ ކުރަން އެއުޅޭ ކަމަކީ އެއްފަހަރާ އެއްބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރަންޖެހޭ ހަރަދު އެއް ކެމްޕެއިނަކަށް ހަދަނީ ނާޖާއިޒު ހުރިހާ ވަސީލަތްތަކެއް އެއް ކެމްޕެއިނަކަށް އަޅާލައި ދެ ބާރު އެއްބުރުން ނެގުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަރަދު ކުޑަވުން ނުވަތަ ޑިމޮކްރަސީ ހަރުދަނާވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ މަލާމާތެއްކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ވަޒީފާތައް މަދުކޮށްގެންނާއި އެތައް ކަމެއް ކޮށްގެން ސަރުކާރަށް ހަރަދު ކުޑަކުރެވެން އޮތްކަން އެންނެންނަށް އެނގޭ ކަމަށެވެ.

"އިންތިހާބަކުން ނޫން ހަރަދު ކުޑަކުރަން ފަށަން ޖެހޭނީކީ. އިންތިހާބަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސް. އިންތިހާބަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރެއް. އެހެންވީމަ ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރަކުން ނޫން ފުރަތަމަ ހަރަދު ކުޑަކުރަން ފަށަން ޖެހޭނީކީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީގެ ހަރަދު ކުޑަކުރުމަކީ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށް ނޫން ކަމަށާއި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެންމެންވެސް ތެދުވަން ޖެހޭ ކަމަށެވެ.

އީވާ ވެސް ވަނީ މި ރެފެރެންޑަމްގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް 4، ގަ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވެސް ވޯޓު ނަގާ ދުވަހެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟

މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.

މުހިއްމު ބައެއް ހަބަރު