Advertisement

ރެޑްވޭވުން ވިޔަފާރި ކުރުމުން ފޮތި ކޮތަޅެއް ހިލޭ ދެނީ

21 އޭޕްރީލް 2023 - 21:23 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލޭގައި ހުންނަ ރެޑްވޭވް ފިހާރައެއް؛ ރެޑްވޭވުން ކޮތަޅުތަކުން ރުފިޔާ ނުނަގަން ނިންމައިފި - ފޮޓޯ: އަދަދު


ރެޑްވޭވުން ވިޔަފާރި ކުރުމުން ފޮތި ކޮތަޅެއް ހިލޭ ދެނީ

21 އޭޕްރީލް 2023 - 21:23 3

ޕްލާސްޓިކު ކޮތަޅުން ފީ ނަގަން ފެށުމުން ރެޑް ވޭވުގެ ފިހާރަތަކުން މުދާ އުފުލާނެ ފޮތި ކޮތަޅެއް ހިލޭ ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން ރެޑްވޭވް ފަދަ ބޮޑެތި ބައެއް ފިހާރަތަކުން ފޮތި ކޮތަޅު ތައާރަފު ކުރި އެވެ. ނަމަވެސް މީގެ ކުރިން ފޮތި ކޮތަޅަށް ރެޑްވޭވުން ދިޔައީ އަގެއް ނަގަމުންނެވެ.

ރެޑްވޭވުން ބުނީ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމުން ރެޑްވޭވްގެ ފޮތި ކޮތަޅުތަށް ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. ކުރިން ފޮތި ކޮތަޅުގެ ހަރަދު ފޫބެއްދުމަށް އެއް ރުފިޔާ ނަގަ އެވެ. ނަމަވެސް މިއަދުން ފެށިގެން އެ ކުންފުނިން މުދާ އުފުލަން ދޭ ކޮތަޅަށް އެއްވެސް ފައިސާއެއް ނުނަގާނެ އެވެ.

ޕްލާސްޓިކު ކޮތަޅަށް ފައިސާ ދައްކަން ޖެހުމުން ކަސްޓަމަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ފޮތި ކޮތަޅު ހިލޭ ދޭ ގޮތަށް ހަމަޖެއްސުމުގައި އެއަށް ވިސްނާފައިވާނެ ކަމަށް ވެސް ރެޑްވޭވުން ބުނެ އެވެ.

ރެޑްވޭވް އިން ކަސްޓަމަރުންނަށް ދެމުންދާ ފޮތި ކޮތަޅަކީ އަލުން ބޭނުން ކުރެވޭ ގޮތަށް، ވަރަށް ވަރުގަދައަށް ހަދާފައިވާ ކޮތަޅުތަކެއް ކަމަށް ވެސް ކުންފުނިން ފާހަގަ ކުރެ އެވެ.