Advertisement

އަލްޓްރާ މިލްކް: ރަހަ މީރު، ފައިދާ ހުރި އުފެއްދުމެއް

12 އޭޕްރީލް 2023 - 14:32 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


އަލްޓްރާ މިލްކް: ރަހަ މީރު، ފައިދާ ހުރި އުފެއްދުމެއް

12 އޭޕްރީލް 2023 - 14:32 0

ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ކުރާންޖެހޭ ކަންކަން ގިނަވެގެން އުޅޭއިރު، އެންމެ މުހިންމު އެއް ކަމަކީ މިންހެޔޮކޮށް ކެއުން ބުއިން ބެހެއްޓުމެވެ. ބެލެންސްޑް ނިއުޓްރިޝަނެކެވެ. މިކަމަށްޓަކައި ދުވަހުގެ ލިސްޓުގައި ހިމަނަންޖެހޭ އެއް ބާވަތަކީ ކިރެވެ.

ކިރު ޕެކެޓެއް، ކިރު ދަޅެއް ހޯދަން ބެލިޔަސް، ގަންނަންވީ ކޮން އެއްޗެއްކަން ނިންމަން އުނދަގޫވާހާ ވަރަށް ބާޒާރުގައި އެކި ބްރޭންޑުތައް ގިނަވެފައިވާއިރު، ފެންވަރު ރަނގަޅު ބާވަތެއް ހިޔާރުކުރުން މުހިންމެވެ.

ފެންވަރު ރަނގަޅު ކިރުގެ އުފެއްދުމެއްގައި ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ވިޓަމިންސް، މިނަރަލްސް، ކެލްސިއަމް، މެގްނީޒިއަމް އަދި، ފޮސްފަރަސް ފަދަ ގުދުރަތީ މާއްދާތައް އެކުލެވެ އެވެ. މިފަދަ އުފެއްދުމަކީ ކޮންމެ މީހެއްގެ މިންހެޔޮކޮށް ކެއުން ބުއިމަށް މުހިންމު، އަދި ތުއްތު ކުދިންނާއި ކުޑަކުދިންގެ ސިއްހަތަށް ރަނގަޅު، ބޭނުންވާ ހުރިހާ ނިއުޓްރިޝަނެއް އެކުލެވިގެންވާ އުފެއްދުމެކެވެ.

މި ޝަރުތުތައް ފުރިހަމައަށް ހަމަވާ އެއް ބާވަތަކީ ލިލީ ސްޓޯރުން އަލަށް ތައާރަފުކުރި އިންޑޮނީޝިއާގެ އުފެއްދުމެއް ކަމަށްވާ އަލްޓްރާ މިލްކެވެ. ނާސްތާ އާއި އެހެން ވަގުތުތަކުގައި ބޭނުން ކުރެވޭނެ މި އުފެއްދުމުން، ތަކެތި ކެއްކުމާއި ފިހުމަށް ބޭނުންކުރެވެ އެވެ. އުމުރުން އެއް އަހަރުގެ ކުދިންނާއި ބޮޑެތި މީހުންނަށް ބޭނުން ކުރެވޭނެ އެވެ.

އަލްޓްރާ މިލްކްގެ ފުލް ކްރީމް އާއި ލޯ ފެޓް-ހައި ކެލްސިއަމްގެ ޕެކެޓް ހިމެނެ އެވެ. ލޯ ފެޓް ހައި-ކެލްސިއަމްގެ އުފެއްދުމުގެ ހިމެނެނީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މުހިއްމު ނުވަ މާއްދާއެކެވެ. "ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓް"، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ (ޔޫއެސްޑީއޭ) އިން މާނަކުރަނީ ހަށިގަނޑު ރަނގަޅަށް ނުވަތަ ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ކާނާގެ ގޮތުގަ އެވެ.

ލިބެންހުރި ވައްތަރުތައް

  • އަލްޓްރާ މިލްކް މިނީ ކިޑްސް ޗޮކޯ
  • އަލްޓްރާ މިލްކް މިނީ ކިޑްސް ސްޓްރޯ
  • އަލްޓްރާ މިލްކް ޗޮކޯ
  • އަލްޓްރާ މިލްކް ސްޓްރޯ
  • އަލްޓްރޯ މިލްކް ފުލްކްރީމް
  • އަލްޓްރާ މިލް ލޯ ފެޓް-ހައި ކެލްސިއަމް

ބޭނުން ކުރެވޭ މުއްދަތު

މި ބާވަތުގެ ކިރު ޕެކްޓްގެ ޝެލްފު ލައިފަކީ 10 މަސް ދުވަހެވެ. ޕެކެޓް ކަނޑާލުމަށް ފަހު އައިސް އަލަމާރީގައި ބަހައްޓާށެވެ. އެގޮތަށް ބަހައްޓައިގެން ބޭނުން ކުރާނީ 7 ދުވަހަށެވެ.