Advertisement

ހިތްގައިމު ޗުއްޓީއަކަށް، ފެހެންދޫ އަތޮޅު ރެސިޑެންސް ވަރެއް ނެތް

17 އޭޕްރީލް 2023 - 12:27 0

ބ. ފެހެންދޫ

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފެހެންދޫގައި ހުންނަ އަތޮޅު ރެސިޑެންސް ގެސްޓުުހައުސް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހިތްގައިމު ޗުއްޓީއަކަށް، ފެހެންދޫ އަތޮޅު ރެސިޑެންސް ވަރެއް ނެތް

17 އޭޕްރީލް 2023 - 12:27 0

ބ. ފެހެންދޫ

މާލޭގެ ތާށިކަމުން ހިންދެމިލުމަށް ސުކޫތެއްގެ މިންވަރު ވިޔަސް ބޭނުންވެފައި އެތައް އާއިލާއެއް އެބަ ތިއްބެވެ. ވަޒީފާއަށްް މާލެ އައިސް ޒުވާނުން ވެސް އެކުވެރިންގެ ގްރޫޕް ހަދައިގެން ހަފުތާ ބަންދަކަށް ވިޔަސް، އީދު ބަންދަކަށް ވިޔަސް މި ކާރޫބާރޫކަމުން ނުކުމެލަން ބޭނުން ވާނެ އެވެ.

މާލޭގައި ނޫނަކަސް، އަހަރުގެ ގިނަ ދުވަހު ވަޒީފާ އާއި އާމްދަނީ ހޯދަން ބުރަކޮށް އުޅެފައި ހިތްހަމަޖެހިލުމުގެ ހިނދުކޮޅެއް އެބަ ބޭނުންވެ އެވެ. މިހެން އުޅޭ ދެ މީހަކު، އަލަތު ކައިވެންޏަށް ފަހު ވެސް އެންމެ ބޭނުން ވާނީ ހިމޭން ވެއްޓަކަށް ގޮސްލުމަށެވެ.

އާންމު ދިރިއުޅުމުގެ ބުރަކަމާއި ހަލަބޮލިކަމުން ސަލާމަތްވާން ލިބޭ ބަންދު ދުވަސްތަކާއި ޗުއްޓީތަކުގައި ގޮސްލަން އެންމެ ހިތްގައިމު އެއް ރަށަކީ މާލޭން ލޯންޗެއްގައި ދެ ގަޑިއެއްހާއިރުން ދެވޭ ބ. އަތޮޅު ފެހެންދޫ އެވެ. ދުއިސައްތައެއްހާ މީހުން އުޅޭ އެ ރަށުގައި ދުއްވާ އެއްޗެއްގެ އަޑެއް ބަޑެއް ނެތެވެ. މީސްކޮޅު މަދެވެ. މަގުތައް ހަމަހިމޭނެވެ. ވަށައިގެންވާ ކޮންމެ ދިމާލަކުން ވެސް ލިބެނީ ފިިނި ވައިރޯޅި އެވެ.

ފެހެންދޫގެ މަގެއް؛ މިއީ މަދު މީސްކޮޅެއް އުޅޭ ހިތްގައިމު ރަށެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"އަހަރުމެން ފެހެންދޫއަށް އިންވެސްޓުކުރީ ފެހެންދޫއަކީ ދިވެހިން ޗުއްޓީހޭދަކޮށްލުމަށް ދާން ހަމަ އެއްވަނައިގެ ރަށަކަށް މި ރަށް ފެނިގެން، ހަމަހިމޭން މާހައުލެއް މި ރަށުގައި މި އޮތީ، ރަށުގައި ތިބި މަދު މީހުނަކީ ރަށަށް ދުރުންއަންނަ ބީރައްޓެހިންނާއި ފަތުރުވެރިންނަށް ވަރަށް ހިތްހެޔޮ ވެސް ބަޔެއް،" ފެހެންދޫގައި ގެސްޓް ހައުސެއް ހިންގަމުން އަންނަ މުހައްމަދު ސިރާޖު އެ ރަށުގައި އެ ވިޔަފާރި ފެށި ސަބަބު ކިޔައިދެމުން ބުންޏެވެ.

އަތޮޅު ރެސިޑެންސްގެ ކޮޓަރިއެއް ތެރެ؛ މިއީ ޗުއްޓީ ހޭދަކޮށްލުމަށް ގޮލަން އެއްވަނައިގެ ތަނެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފެހެންދޫގައި އޮންނަ ލަފާފުރާ ފާލަމުން ހިނގާލާފައި ފަސްވަރަކަށް މިނެޓުން ދެވޭ "އަތޮޅުު ރެސިޑެންސް" ގެ ފާރުތައް ޑިޒައިންކޮށްފައި ވަނީ ދިވެހިންގެ ކާބަފައިންގެ ޒަމާނުގައި ބޭނުންކުރި ތެޅިގާ ފާރު ސިފަވާނޭހެންނެވެ. ހަތް ކޮޓަރި ހިމެނޭ އެ ގެސްޓްހައުސަކީ ތިމާވެއްޓާ ރަހުމަތްތެރިކޮށް، ގިނަ އަދަދަކަށް ލަކުޑި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ.

ހިތްހަމަޖެހިލައިގެން ޗުއްޓީގެ ދުވަސްވަރު ހޭދަކޮށްލަން ހަމަހިމޭން މާހައުލަކަށް ދާނަމަ ފެހެންދޫއަކީ ލިސްޓުގެ ކުރީކޮޅުގައި ނަގައި ކިޔައިލެވޭނެ ރަށެކެވެ. ހަމަހިމޭން މާހައުލަކަށް ގޮސްފައި ވެސް ކަމެއް ނުކޮށް ތިބެން ބަޔަކު ބޭނުން ނުވާނެ އެވެ. ރަށުގެ ރީތިކަމާއި މޫދުގެ ނަލަކަން ތަޖުރިބާކުރެވޭ ދަތުރަކަށް ހަދަން ބޭނުންވާ ނަމަ، އަތޮޅު ރެސިޑެންސަކީ ފެހެންދޫގެ ނަންބަރު އެކެކެވެ.

އަތޮޅު ރެސިޑެންސްގެ ރެސްޓޯރެންޓް؛ މިތަނުގައި ރެސްޓޯރެންޓެއްގެ އިތުރުން ސޯނާއެއް ހުރޭ، އަދި ގެސްޓުހައުސްއަކުންް ބޭނުންވާނެ ގިނަ އެހެން ހިދުމަތްތަކެއް ވެސް ލިބޭނެ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގެސްޓުހައުސްގައި ސްވިމިން ޕޫލަކާއި ރެސްޓޯރަންޓެއްގެ އިތުރުން ސޯނާއެއް ހުރެ އެވެ. އަދި އެތަނަށް ޒިޔާާރަތްކުރާ ފަރާތްތަކަށް މަސް ދަތުރުތަކަށް ދިއުމުގެ އިންތިޒާމާއި ސްނޯކްލިން އަދި ޑޯލްފިންއަށް ދިޔުން ވެސް އެ ގެސްޓުހައުސް އިން އިންތިޒާމްކޮށްދެ އެވެ.

"އާންމުކޮށް މިތަނަށް އަންނަނީ ރަޝިޔާ ފަތުރުވެރިން، ދިވެހިން ވެސް އާދޭ ޗުއްޓީ ދުވަސްވަރު، މިހާތަނަށް އައި އެއްވެސް ފަތުރުވެރިއަކު އަދި ދިވެއްސަކު ވެސް މިރަށުން ފުރައިގެން ނުދޭ ހިތްހަމަ ނުޖެހިގެންނެއް. އެންމެން ވެސް ފާހަގަކުރޭ އަޅުގަނޑުމެންގެ ހިދުމަތް ރަނގަޅު ކަމާއި، މިތަނުގެ ހިތްގައިމުކަން" އެ ތަނަށް މަޑުކުރަން އަންނަ މެހެމާނުންގެ ފަރާތުން ލިބޭ ރިވިއުތައް ރަނގަޅު ކަމުގެ އިހުސާސް ސިރާޖަށް ކުރެ އެވެ.

އަތޮޅު ރެސިޑެންސްގެ ސްވިމިން ޕޫލް؛ މިތަން ފަރުމާކޮށްފައި ވަނީ ޗުއްޓީ ހޭދަކުރުމަށްދާ ދިވެހިންނަށް އަދި ބޭރުން އަންނަ ފަތުރުުވެރިންނަށް ވެސް ގިނަ ހިދުމަތްތަކެއް ލިބޭނޭހެން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފެހެންދޫއަކީ މީހުން މަދު ރަށަކަށް ވެފައި ބައެއް އާންމު ވިޔަފާރިތައް ވެސް މަދު ރަށެކެވެ. އެކަމަކު އެ ކަމުގެ އިހުސާސެއް "އަތޮޅު ރެސިޑެންސް" ގެސްޓްހައުސްގައި މަޑުކުރަން އަންނަ މީހުނަކަށް ނުވާނެ އެވެ. އެ ތަނުގައި ރެސްޓޯރަންޓެއް ހުރެފައި، އެ ތަނުގެ ޝެފްގެ ކެއުންތައް ވެސް ރަނގަޅެވެ. މީރު ރަހަ ލިބިދީފައި، ދިވެހި ކެއުންތައް ވެސް ލިބޭނެ އެވެ.

ގެސްޓުހައުސްއެއްގެ އެންމެ މުހިންމު އެއް ކަމަކީ އެ ތަނެއްގެ ކޮޓަރިތަކުުގެ ފެންްވަރާއި ސާފު ތާހިރު ކަމެވެ. އަތޮޅު ރެސިޑެންސް ގެސްޓް ހައުސްގެ ކޮޓަރިތަކުން އެ ހިތްހަމަޖެހުން ލިބެ އެވެ. ކޮޓަރީ ރީތިކަމުގެ އިތުރުން އެނދު އަރާމުވެފައި، ޓީވީ ވެސް ހުރެ އެވެ.

އެރިލަން ހިތްގައިމު މޫދަކާއި ބަލައިލަން ހިތްގައިމު ދޮންވެލީގެ ތުނޑިއެއް ރަށުގެ ދެ ފަރާތުގައި ވެސް އެބަ އެބަ އޮތެވެ. މި ރީތި، ފެހި، ދިގު، ހަނި ފެހެންދޫއަށް ގޮސް އަތޮޅު ރެސިޑެންސް ތަޖުރިބާ ކޮށްލުމަކީ ބޭކާރު ކަމަކަށް ނުވާނެ އެވެ.