Advertisement

ސްޕޯޓްސް އެވޯޑާ ގުޅުވައި މިއުޒިކް ޝޯއަކާއި ކުޑަކުދިންގެ ހަވީރެއް

18 މާރިޗު 2023 - 18:11 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިއަދު އެކުވެނި ޓްރެކް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ


ސްޕޯޓްސް އެވޯޑާ ގުޅުވައި މިއުޒިކް ޝޯއަކާއި ކުޑަކުދިންގެ ހަވީރެއް

18 މާރިޗު 2023 - 18:11 0

ކުޅިވަރުގެ ދާއިރާގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑާ ގުޅިގެން މިއަދާއި މާދަމާ ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯ ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަދު އަދި މާދަމާ މި ހަރަކާތްތައް ކުރިއަށް ގެންދާނީ ކުޅިވަރު އެކުވެނި ދަނޑުގައި ކަމަށެވެ. ސްޕޯޓްސް އެވޯޑާ ގުޅިގެން މިއަދު ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބާއްވާަފައިވާާ އިރު މާދަމާވެސް ހަމަ އެވަގުތު ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނާ ގުޅޭ އެކި ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އަދި ފުލުހުންނާއި، ސިފައިން، އެމްއޭސީއެލްގެ ހާއްސަ ސްޓޯލްތައްވެސް މި ހަވީރުގައި ހުންނާނެ އެވެ.

އަދި ސްޕޯޓްސް އެވޯޑާ ގުޅިގެން ބާއްވާ މިއުޒިކް ޝޯވެސް މިރެއާއި މާދަމާރޭ ކުރިިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މި މިއުޒިކް ޝޯގައި ރާއްޖޭގެ ފުންނާބު އުސް އެކި ބޭންޑުތަަކާއި ފަންނާނުންގެ ހުނަރު ފެނިގެން ދާނެ އެވެ.

މިރޭ 9:15 ގައި އެކުވެނި ދަނޑުގައި ފަށާ މިއުޒިކް ޝޯގައި ބޮކިޓޮޒް، ސޮފުރާ އެންޑް ފްރެންޑްސް، ޝަލަބީ، ޓްރެފިކް ޖޭމް އަދި ހަބޭސް ބޮޑުބެރުގެ އެކި ހުށަހެޅުންތައް ފެނިގެން ދާނެ އެވެ.

މާދަމާރޭވެސް މި ޝޯ ބޭއްވުމަށް ތައްޔާރުވެފައިވާއިރު، މާދަމާ ރޭގެ ޝޯގައި ރެވިއޯ، ސިމްބޮލިކް، އަދި އެޗޭޝިއާ ބޭންޑުގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯ ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަަމަށެވެ.