Advertisement

ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 2" ގެ ޕޯސްޓަރު ދައްކާލައިފި

about 2 hours 0


ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 2" ގެ ޕޯސްޓަރު ދައްކާލައިފި

about 2 hours 0

ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 2" ގެ ޕޯސްޓަރު އާންމުންނަށް މިއަދު ދައްކާލައިފި އެވެ.

ޕަރީގެ ޗެޕްޓާ 2 ގެ ޕޯސްޓަރު އާއްމުކޮށް ދައްކާލީ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޓީގެ މޭޔަރު އަހުމަދު އާތިފް އެވެ.

މިދިޔަ ޖެނުއަރީ މަހު އޮލިމްޕަހުގައި އެޅުވި ކާމިޔާބު ބިރުވެރި ޕަރީގެ ޗެޕްޓާ 1 އަށްފަހު ފިލްމުގެ ޓީމުން ބުނީ އެ ފިލްމުގެ ޗެޕްޓާ 2 ލަސްނުވެ ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ.

އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށް، ސީޒަން ޑައިރެކްޓްކުރި މި ފިލްމްގެ ޗެޕްޓާ 2 ވެސް ޕްރޮޑިއުސްކުރަނީ އަހުމަދު އަހުސަން އާއި ސީޒަން އެވެ. އަދި ޑައިރެކްޓަރަކީ ވެސް ސީޒަން އެވެ.

ދިވެހި ފިލްމް ޕަރީ ޗެޕްޓާ 2 ގެ ޕޯސްޓަރު


ސްރީލަންކާގައި 99 ޕަސެންޓު ޝޫޓްކޮށްފައިވާ މި ފިލްމުގައި ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް އަދި ނައުޝާދު ފަދަ ތަރިންގެ އިތުރުން ލަންކާގެ ފަންނާނުންގެ ހުނަރުވެސް ފެނިގެންދެ އެވެ.

ޕަރީ ޗެޕްޓާ 1 ގައި ސީޖީއައި އާއި ވިޝުއަލް އިފެކްޓްސް އަދި 7.1 ސަރައުންޑް ސައުންޑް މިކްސިންގްގެ މަސައްކަތް ކުރިއަށް ދިޔައީ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯތަކުގަ އެވެ.