Advertisement

ގެނބިގެން މަރުވާ ފަތުރުވެރިން އިތުރުވާތީ ސަމާލުވާން އެދިއްޖެ

14 މާރިޗު 2023 - 14:01 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޓޫރިޒަމް މިނިސްޓްރީން ވަނީ މިފަދަ ހާދިސާތައް ހިނގާ މިންވަރު ގިނަވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި -- ފޮޓޯ:އަދަދު


ގެނބިގެން މަރުވާ ފަތުރުވެރިން އިތުރުވާތީ ސަމާލުވާން އެދިއްޖެ

14 މާރިޗު 2023 - 14:01 0

މޫދަށް އެރި އުޅުމުގެ ތެެރޭގައި ފަތުރުވެރިން ގެނބިގެން މަރުވާ ހާދިސާތައް އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިން ގެނބިގެން މަރުވާ ހާދިސާތައް އިތުރުވަމުން އަންނާތީ، އެކަމަށް ސަމާލުވުމަށް ފަތުރުވެރިންނަށް ހިދުމަތްދޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

މިނިސްޓްރިީގެ ސާކިއުލާގައި، ފީނުމާއި ސްނޯކްލިންއަށް ދިއުމާއި ފެތުން ފަދަ މޫދާ ގުޅުންހުރު އެކި ހަރާކާތްތައް ކުރިއަށް ގެންދާއިރު އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތައް އަޅާ ރައްކާވެ ތިބުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭންވީ ކަންކަމުގެ ތެރޭގައި ހިމެނެނީ؛

  1. މޫދުގެ އެކި ހަރަކާތްތައް ހިންގުމުގެ ކުރިން ރައްކާތެރިކަމުގެ އާންމު މައުލޫމާތާއި، ތަފްސީލީ މައުލޫމާތު ފަތުރުވެރިންނާ ހިއްސާކުރުން
  2. މޫދާ ގުޅުންހުރި އެކި ހަރާތްތައް ހިންގުމުުގައި އުޅޭ މުވައްޒަފުން ތަމްރީނުކުރުމާއި، އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރުން
  3. މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށްް ހޭލުންތެރިކުރުމާއި، ރައްކާތެރިކަމާ ގުޅުންހުރި ޓްރޭނިންތައް އާންމުކޮށް ހިންގުން

ޓޫރިޒަމް މިނިސްޓްރީން މިފަދަ ސާކިއުލާއެއް ނެރެފައިވާއިރު، މިމަހު އެކަނިވެސް ވަނީ މިފަދަ ތިން ހާދިސާ ހިނގާފަ އެވެ. މި ތިން ހާދިސާވެސް ހިނގާފައި ވަނީ އއ. އަތޮޅުގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އއ. ކުރަމަތި ރިސޯޓުގައި މޫދަށް އެރުނު ފަތުރުވެރިއަކު މަރުވެފައިވާއިރު، އިއްޔެ އާއި މިއަދު ވެސް ވަނީ މިފަދަ ދެ ހާދިސާއެއް ހިނގާ ދެ ފަތުރުވެރިއަކު މަރުވެފަ އެވެ.

ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ގޮނޑުދޮއްތަކާއި މޫދު އަދި ކަނޑު އަޑީގެ މަންޒަރުތައް ތަޖުރިބާކޮށްލުމަށް ކަމަށްވާއިރު، ފަތުރުވެރިންނަށް ރައްކާތެރިކަން ދިނުމަކީ މުހިންމުކަމެކެވެ. ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކޮށްފައި ބެހެއްޓުން ގާނޫނު ލާޒިމްކުރެ އެވެ.