Advertisement

ބުކިން ނުހައްދައި ކުޑަގިރިއަށް ދެވޭގޮތަށް އުސޫލު ބަދަލުކޮށްފި

28 ފެބުރުވަރީ 2023 - 14:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބުކިން ނުހައްދައި ކުޑަގިރިއަށް ދެވޭގޮތަށް އުސޫލު ބަދަލުކޮށްފި

28 ފެބުރުވަރީ 2023 - 14:49 0

ހަފުތާ ބަންދު ދުވަސްތަކުގައި ކުރިއާލައި ބުކިން ނުހަދައި ކުޑަގިރިއަށް ދެވޭގޮތަށް އުސޫލު ބަދަުކޮށްފި އެވެ.

އެގޮތަށް އުސޫލު ބަދަލުކޮށްފައި ވަނީ ވީހާވެސް ގިނަ ބަޔަކަށް އެ ރަށަށް ދިއުމުގެ ފުރުސަތު ފަހުކޮށްދިނުމުގެ ގޮތުން ކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލް، އަލީ މަޝާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބުކިން ހައްދައިގެން ނޫނީ ރަށަށް ނޭރޭ ގޮތަށް އުސޫލު އޮތުމުން ބުކިން ހެއްދުމަށްފަހު ދަތުރު ނުދާ މީހުންގެ ސަބަބުން ގިނަ ބަޔަކަށް އެރަށަށް ދިއުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށެވެ.

"ބައެއް މީހުން މިހަދާ ގޮތަކީ އެޕުން ބުކިން ހަދާފައި ނުދަނީ، އެހެން ހެދީމާ ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބަ ގެއްލޭ، އެހެންވެ އެގޮތަށް ބަދަލު ކުރީ،" އޭނާ ވިދާޅުވި އެވެ.

ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް ބުކިން ހަދަން ނުޖެހުނު ނަމަވެސް އެރަށުން ލިބޭ އެހެނިހެން ހިދުމަތްތައް ހޯދުމަށް ބުކިން ހައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކޮޅުގެ ހަޓުތަކާއި ރޫމްތައް ބޭނުން ކުރަން ހަމަ ކުރިއެކޭ އެއްގޮތަށް ބުކިން ހައްދަން ޖެހޭނެ،" މަޝާރު ވިދާޅުވި އެވެ.

ކުޑަގިރިއަށް އެއްފަހަރާ ދަތުރު ދެވޭނެ މީހުންގެ އަދަދަކީ 500 އެވެ. ބުކިން ނުހައްދައި ދެވޭގޮތަށް އުސޫލު ބަދަލު ކުރި ނަމަވެސް އެ އަދަދަށްވުރެ ގިނައިން އެ ރަށަށް އެއްފަހަރާ މީހުންނަކަށް ނޭރޭނެ އެވެ.

އެހެންކަމުން މިހާރު އެރަށުން ޖާގަ ދެމުންގެންގެންދާނީ އެންމެ ފުރަތަމަ އެރަށަށް ދާ ބަޔަކަށް ބަލައިގެންނެވެ.