Advertisement

ބޮޑެތި ޑިސްކައުންޓުތަކާ އެކު ރެޑްވޭވުގެ ރޯދަ ސޭލް ފަށައިފި

4 ފެބުރުވަރީ 2023 - 14:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބޮޑެތި ޑިސްކައުންޓުތަކާ އެކު ރެޑްވޭވުގެ ރޯދަ ސޭލް ފަށައިފި

4 ފެބުރުވަރީ 2023 - 14:21 0

ބޮޑެތި ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނަކާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓު ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން މިއަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.

އަންނަ އޭޕްރިލް، 20 ގެ ނިޔަލަށް ކުރިއަށް ދާ ރެޑްވޭވް ރޯދަ ޕްރޮމޯޝަނުގައި 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

ރެޑްވޭވުގެ އޮފިޝަލް ބުނި ގޮތުގައި މިއަހަރުގެ ރޯދަ ސޭލްގައި ފާއިތުވި އަހަރުތަކަށް ވުރެ ގަންނަން ލިބޭ އައިޓަމްތައް އިތުރުވާނެ އެވެ. އަދި، އެ އައިޓަމްތަކުގެ ތެރޭގައި ރޯދައަށް ހާއްސަ ޕްރޮޑަކްޓުތައް ވެސް ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

މިއަހަރުގެ ރޯދަ ސޭލް ކުރިއަށްދާ މުއްދަތުގައި އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި އިނާމުގެ ގޮތުގައި ނަގުދު ފައިސާ ހުށަހަޅާފައިވާ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، ރެޑްވޭވުގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 500 އަށް ވުރެ މަތީގެ ވިޔަފާރި ކުރާ ކޮންމަ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ.

އެ ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރ. (އެއްލައްކަ ރުފިޔާ) ލިބޭނެ އެވެ. އަދި ނަސީބުވެރިންގެ ގޮތުގައި ހޮވޭ އިތުރު ފަސް ފަރާތަކަށް 10،000ރ. (ދިހަހާސް ރުފިޔާ) ރެޑްވޭވުން ދޭނެ އެވެ.

އޭގެ އިތުރުންވެސް ރެޑްވޭވުން އެތެރެކޮށް ވިއްކާ ބްރޭންޑުތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ ކަމަށް ރެޑްވޭވުގެ އޮފިޝަލް ބުންޏެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކާ ފިހާރައެއްގެ ގޮތުގައި މަޝްހޫރު ރެޑްވޭވުން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ ރޯދަ ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭ ޕްރޮމޯޝަނެއް ކަމަށް އެފިހާރައިން ބުނެ އެވެ.