Advertisement

ރެޑްވޭވުގެ އިތުރު ފިހާރައެއް ސޯސަން މަގުގައި ހުޅުވައިފި

31 ޖަނަވަރީ 2023 - 14:06 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސޯސަން މަގުގައި ރެޑްވޭވުން ހުޅުވި އާ ފިހާރަ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރެޑްވޭވުގެ އިތުރު ފިހާރައެއް ސޯސަން މަގުގައި ހުޅުވައިފި

31 ޖަނަވަރީ 2023 - 14:06 1

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވުގެ ފިހާރައެއް ސޯސަން މަގުގައި ހުޅުވައިފި އެވެ.

މިއީ މި މަހުގެ ތެރޭގައި ރެޑްވޭވުން މާލޭގައި ހުޅުވި ދެވަނަ ފިހާރަ އެވެ. އެ ފިހާރަ ހުޅުވާފައި ވަނީ ކުރިން ސޯސަން މަގުގައި އަގޯރާ ފިހާރަ ހިންގި އިމާރާތުގަ އެވެ.

"ރެޑްވޭވް ސޯސަން" ގެ ނަމުން ނަން ދީފައިވާ އެފިހާރައިން ރެޑްވޭވުގެ ހުރިހާ ފިހާރައަކުން ވިއްކާ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. އެގޮތުން, ކާބޯތަކެއްޗާއި ތަރުކާރީ އާއި މޭވާގެ އިތުރުން ހިފާގެންގުޅޭ ސާމާނާއި ލާ އަންނައުނު ވެސް އެ ފިހާރައިން ލިބޭނެ އެވެ.

ސޯސަން މަގުގައި ރެޑްވޭވުން ފިހާރައެއް ހުޅުވާފައި މިވަނީ އެ އިމާރާތުގައި ހިންގަމުން އައި އަގޯރާ ފިހާރަ ބަންދު ކުރުމުންނެވެ. އަގޯރާއިން މަޖީދީ މަގުގައި ހިންގަމުން ދިޔަ ފިހާރަ ހުރި އިމާރާތުގައި ވެސް ރެޑްވޭވްގެ ފިހާރައެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ފެށޭ މަހު އެ ފިހާރަ ހުޅުވާނެ ކަމަށް ރެޑްވޭވުގެ ވެރިޔާ، އަހުމަދު ސަލީމް ވަނީ ވިދާޅުވެފަ އެވެ.

ކައިރި ކައިރީގައި ރެޑްވޭވްގެ ގިނަ ފިހާރަތަކެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ކާރޫބާރު ބޮޑު މި މާލޭގައި އިތުރު ތަކުލީފެއް ނުއުފުލައި އަގުހެޔޮކޮށް ކައިރިން މުދާ ގަންނަން ލިބޭނެ މަގު ކަސްޓަމަރުންނަށް ފަހި ކޮށްދިނުން ކަމަށް ސަލީމް ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ރެޑްވޭވްގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް އަދި އެކަން ކާމިޔާބުވެފައި ނުވަނީ އެ ސަރަހައްދުން ފިހާރައެއް ހިންގާނެ ބިމެއް އެ ކުންފުންޏަށް ލިބިފައި ނުވާތީ ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި އެވެ.