Advertisement

އީއައިއޭ ނުހަދާ މަސައްކަތް ފެށުމުން ރެޑިސަން ބުލޫ ރިސޯޓު 28 މިލިއަނުން ޖޫރިމަނާކޮށްފި

23 ޖަނަވަރީ 2023 - 10:18 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރެޑިސަން ބްލޫ މޯލްޑިވްސް، އީއައިއޭގެ މަރުހަލާތައް ފުރިހަމަ ނުކޮށް ބަނދަރު ހެދުމުގެ ސަބަބުންް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގާ 28 މިލިއަންް ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި -- ފޮޓޯ: ޓްރެވަލް ކަނެޝަން މޯލްޑިވްސް


އީއައިއޭ ނުހަދާ މަސައްކަތް ފެށުމުން ރެޑިސަން ބުލޫ ރިސޯޓު 28 މިލިއަނުން ޖޫރިމަނާކޮށްފި

23 ޖަނަވަރީ 2023 - 10:18 1

ރެޑިސަން ބްލޫ މޯލްޑިވްސް ހިންގަމުންް އަންނަ އދ. ހުރުއެޅީގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ އީއައިއޭ ނުހަދައި އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ އެ ރިސޯޓު 28 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މިކަން ހިނގާދިޔަ ގޮތުގެ ރިޕޯޓެއް ހުށަހެޅައިދިނުމަށް އެދުމުން ރެޑިސަން ބުލޫއިންް ހުށަހެޅި ރިޕޯޓުގައި ވާގޮތުން މި މަޝްރޫގެ ދަށުން 1055 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ގާއިމްކޮށްފައިވާކަން އެނގޭކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.

މި މައްސަލަ އާއި އީޕީއޭއިން ވަނީ ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ރެޑިސަން ބްލޫ މޯލްޑިވްްސް 20،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އަދި ތިމާވެއްޓަށްދޭ ގެއްލުމުގެ ބަދަލު ހޯދާ ގަވައިދުގެ ދަށުން ބަދަލުގެ ގޮތުގާ 28،469،525ރ. (އަށާވީސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ނުވަ ހާސް ފަސް ސަތޭކަ ފަންސަވީސް ރުފިޔާ) އިން ޖޫރިމަނާކޮށްފަ އެވެ.

މި ފައިސާ މި މަހުގެ 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭ ދެއްކުމަށް ވެސް އަންގާފައި ވެއެވެ.

މިފަދަ މަޝްރޫތައް ހިންގުމުގެ ކުރިން އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުން ބެލުމަށް އީއައިއޭ ރިޕޯޓު ހެދުމަކީ ގާނޫނު ލާޒިމްކުރާ ކަމެކެވެ. އީއައިއޭ ރިޕޯޓު ނުހަދާ ކުރާ މިފަދަ މަސައްކަތްތަކުގެ ސަބަބުން އެ ސަރަހައްދެއްގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެންވެ އެވެ.