about 2 hours 0
about 2 hours 0
ބ. އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ހަނިފަރު ބޭ ސަރަހައްދާ ކިލޯމީޓަރެއްހާ ދުރުމިނުގައި އޮންނަ އެ އަތޮޅު ދަރަވަންދޫގެ ބައެއް ހިއްކަން ސަރުކާރުން ނިންމައިފި އެވެ.
މި ނޫހަށް ލިބިފައިވާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުގައި ހިއްކަން ނިންމާފައި ވަނީ ހަނިފަރު ބޭއާ އެންމެ ގާތުން އޮންނަ އެ ރަށުގެ ސޯލާ ޕެނަލްތައް ހަރުކޮށްފައި އޮންނަ ފަޅެވެ.
މީގެ ކުރިން ދޮންފަނު ހިއްކަން މަސައްކަތް ކުރުމުން ވެސް ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އޭގެ ނުރަނގަޅު އަސަރު ހަނިފަރަށް ކުރާނެތީ އެވެ.
ހަނިފަރަށް ކޮންމެ އަހަރަކު ވެސް 200 ނުވަތަ އެއާ ގާތް ކުރާ އަދަދކަށް ފެހުރިއްސާއި އެންމަޑި ޖަމާވެ އެވެ. އެއީ ދުނިޔޭގެ ވެސް ރިކޯޑެކެވެ. އެސޮރުމެން އަންނަނީ އެތަނުގައި ހެދިފައި އޮންނަ ގޮނުގައި ޖެހިފައި ތިބޭ ރެދަންފަނި ކެއުމަށެވެ.
ހަނިފަރާ ދެ ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ކިހާ ރިސޯޓުގެ އޯވާ ވޯޓާ ވިލާތައް ހެދިއިރު ވެސް ހަނިފަރަށް ގެއްލުންވި އެވެ. އެހެންކަމުން އެއަށްވުރެ މާ ކައިރީގައި އޮތް ދަރަވަންދޫ ހިއްކާ ނަމަ ހަނިފަރަށް ލިބޭ ގެއްލުން އެއަށްވުރެ ވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
"ކިހާދުއްފަރު ރިސޯޓު ހިމެނޭ ގޮތަށް ޓުއަރިސްޓު ރިސޯޓުތަކުގެ އީއައިއޭ ރިޕޯޓުތައް ރިވިއު ކުރިއިރު، ރަށް ގިރުމާއި ސެޑިމެންޓޭޝަން [މަސައްކަތްތަކުގެ ސަބަބުންވާ ކިލަނބު] އަދި މަސައްކަތްތަކުން ތިމާވެއްޓަށް ކުރާ އަސަރު މޮނީޓާ ކުރުމުގެ ކަންކަން އެކަށީގެންވާ މިންވަރަށް ބަލާފައެއް ނުވޭ،" ހަނިފަރު ކޮންޒަވޭޝަން ޕްލޭނުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment