Advertisement

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓު ވަކީލުން ފާސްވި

22 ޖަނަވަރީ 2023 - 13:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނު ދަރިވަރުން ހަދަމުން ދަނީ - ފޮޓޯ: ބާ ކައުންސިލް


ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓު ވަކީލުން ފާސްވި

22 ޖަނަވަރީ 2023 - 13:43 0

ޖުމްލަ 176 ބައިވެރިންނާއެކު, ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނުގެ ނަތީޖާ މިއަދު ނެރެފި އެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 68 ޕަސެންޓު ދަރިވަރުން އެ އިމްތިހާނުން ފާސްވެފައިވާ ކަމަށެވެ. އަދި އިމްތިހާނުގެ ބައިވެރިން ހޯދި ނަތީޖާގެ އެވެރެޖް އަކީ 66 ޕަސެންޓު ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން އިމްތިހާނުގެ ޓޮޕް އެޗީވާސް ހޮވައި، ނަންތައް ވެސް ހާމަކޮށްފައިވެ އެވެ. އިމްތިހާނުގައި ބައިވެރިވެރިވި، 18 މީހަކު ޓޮޕް އެޗީވާސް އެވޯޑު ހާސިލްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ހަތް ދަރިވަރަކު ހިމެނެ އެވެ. ޔުނިވާސިޓީ އޮފް ލަންޑަންގެ ހަ ދަރިވަރަކު އަދި ވިލާ ކޮލެޖްގެ ހަތަރު ދަރިވަރަކު ހިމެނެ އެވެ. އަދި މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ދަރިވަކު ވެސް ހިމެނެ އެވެ.

މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ތަންފީޒުކުރަންފެށި ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ހަދަން ޖެހެ އެވެ. މި އިމްތިހާނު ކޮންމެ އަހަރަކު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ އިމްތިހާނުގެ ސުވާލުތައް އެކުލަވާލެވިފައިވަނީ ޓޯޓް ލޯ، ކްރިމިނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ އަދި ރާއްޖޭގެ ގާނޫނީ ނިޒާމް އެނގޭ މިންވަރާއި މި ގާނޫނުތައް ތަންފީޒުކުރުމުގެ އިލްމުގެ މައްޗަށެވެ.