Advertisement

އޭޝިއާ ޑައިވް އެކްސްޕޯ މޯލްޑިވްސްގެ ފުރަތަމަ ޗެޕްޓަރާ އެކު މެރިން އެކްސްޕޯ މާޗުގައި ބާއްވަނީ

21 ޖަނަވަރީ 2023 - 21:46 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

2021 ވަނަ އަހަރު ބޭއްވި މެރިން އެކްސްޕޯގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އޭޝިއާ ޑައިވް އެކްސްޕޯ މޯލްޑިވްސްގެ ފުރަތަމަ ޗެޕްޓަރާ އެކު މެރިން އެކްސްޕޯ މާޗުގައި ބާއްވަނީ

21 ޖަނަވަރީ 2023 - 21:46 0

ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު, މޯލްޑިވްސް މެރިން އެކްސްޕޯގެ މިއަހަރުގެ އެޑިޝަން އަންނަ މާޗު މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މެރިން އެކްސްޕޯ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޝިއާ ޑައިވް އެކްސްޕޯ މޯލްޑިވްސް (އެޑެކްސް) އާ ވެސް އެކީގަ އެވެ. އެ އެކްސްޕޯ ކުރިއަށް ދާނީ މާޗު، 15 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޑެކްސް މޯލްޑިވްސް އަކީ ރާއްޖޭގައި ޑައިވިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ އިވެންޓެވެ.

މީގެ ކުރީގެ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މެރިން އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ، ސެންޓުރަލް ޕާކުގަ އެވެ.

މިފަހަރުގެ އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ޖުމްލަ 36 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ކަނޑު އުޅަނދުފަހަރު ބަނުމާއި ކާގޯ އަދި ފަސިންޖަރުން އުފުލުމާއި ލޮޖިސްޓިކްސްގެ ހިދުމަތްދޭ ކުންފުނިތަކާއި ޑައިވިން އާއި ވޯޓާ ސްޕޯޓްސްގެ އިތުރުން އެކްސްކާޝަން އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެ އެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި ވެސް ތަފާތު އެކު އުފެއްދުންތައް މާކެޓަށް ތައާރަފު ކުރުމާއި މިހާރު މާކެޓުގައި ހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތު ދިނުމާއި ކަނޑުދަތުރުކުރުމާއި މަސްވެރިކަން ފަދަ ސިނާއަތްތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ބައެއްކަހަލަ އާލާތްތަކަށް އައިސްފައިވާ ކުރިއެރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ.

އޭގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ސިނާއަތާ ގުޅުންހުރި ތަފާތު އެކި މައުލޫތަކާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ސަރުކާރުގެ އިސްފަރާތްތަކާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ޒިޔާރަތް ކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ އެވެ.

ކަނޑާ ގުޅުންހުރި ތަފާތު އެކި ކާނާގެ ރަހަ ބެލުމާއި ވަގުތުން ކެއްކުމުގެ އިތުރުން ދިވެހި ކަނޑުން ބާނާ މަހުން އުފައްދާ އެކި އުފެއްދުންތަކަށް ހާއްސަ ސަރަހައްދަކާއި ރާއްޖޭގައި ވިއްކަމުންދާ ތަފާތު އެކި ކަނޑު އުޅަނދުފަހަރާއި އެ އުޅަނދުތަކަށް ހާއްސަ އާލާތްތަކާއި އިންޖީނުތަކަށް ހާއްސަ ވަކި ސަރަހައްދެއް ކަނޑައެޅިފައި ހުންނާނެ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2023 ގެ ކޯ ސްޕޮންސަރަކީ ގަލްފް ކުރާފްޓެވެ. އަދި އޮފިޝަލް ފިއުލް ޕާޓުނަރަކަށް ދަ ހޯކްސް ޕުރައިވެޓް ލިމިޓެޑު ހަމަޖައްސާފައި ވާއިރު، އެކްސްޕޯގެ އޮފިޝަލް ޕުރޮޑަކްޓަކީ ހަސަން މެރިންގެ މާކިއުރީ އިންޖީނެވެ.

އެކްސްޕޯގެ އޮފިޝަލް ސަޕްލަޔަރަކަށް މެރިން އިކުއިޕްމަންޓްސް ހަމަޖައްސާފައި ވާއިރު ވޯޓާ ސްޕޯޓްސް ޕާޓުނަރަކީ އޯޝަން ގުރޫޕު މޯލްޑިވްސް އެވެ. އަދި އޮފިޝަލް ޑައިވް އިކުއިޕްމަންޓު ސަޕްލަޔަރަކީ ސީގިއާ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރަސްމީ އިވެންޓެވެ.