Advertisement

އަލިފާނުގެ ހާދިސާގެ ސަބަބުން ބައެއް ސްކޫލްތަކުގެ ކިޔެވުމަށް ބުރޫއަރައިފި

9 ޖަނަވަރީ 2023 - 08:36 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލެ ސިޓީ ކައުންސިލުގެ ސްްޓާފް އެކޮމަޑޭޝަނުގަައި ތިބި ބިދޭސީން ގިޔާސުއްދީން ސްކޫލުގެ ތެރޭގައި މަޑުކޮށްގެންް -- ފޮޓޯ: އަދަދު


އަލިފާނުގެ ހާދިސާގެ ސަބަބުން ބައެއް ސްކޫލްތަކުގެ ކިޔެވުމަށް ބުރޫއަރައިފި

9 ޖަނަވަރީ 2023 - 08:36 0

ނީލަން ފިހާރަތައް ހުންނަ ސަަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެންް އެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ކިޔެވައިދިނުމަށް ބުރޫ އަރައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ހާދިސާާއާ ގުޅިގެން އިމާދުއްދީން ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ނޯންނާނެ ކަމަށާއި، އަދި އިއްޒުއްދީން ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ފެށުން ލަސްކޮށްލާފައި ވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ވެސް ވަނީ ލަސްކޮށްލާފަ އެވެ. އެ ސްކޫލުގެ ހެނދުނު ދަަންފަޅީގެން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަަދު ހެނދުނު 10:15 އިން ފެށިގެންނެވެ.

އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތު ކުޑަކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެ ސަަރަހައްދަށް އަަދިވެސް ވަރަށް ބޮޑަށް ދުންގަނޑު ވަނީ ފެތުރިފަ އެވެ.

އަލިފާންގަނޑު އިތުރަށް ފެތުރިއްޖެ ހާލަތެއްގައި ގެއްލުން ވެދާނޭކަމަށް ބަލައި، އެ ސަރަހައްދުގައި ހުންނަ އެހެން ބިދޭސީ އެކަމޮޑޭޝަންތަކުން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ. ބިދޭސީ އެކޮމަޑޭޝަންތަކުގައި ތިބި މީހުން އެތަންތަނުން ނެރެ، ވަގުތީ ގޮތުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލުތެރޭގަ އެވެ.

އެމްއެންޑީއެފްއާއެކު ފުލުހުން ވެސް ހަރަކާތްތެރިވަމުންދާއިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފަހުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ހިނގަމުން އަންނަ އަލިފާނުގެ ބޮޑެތި ހާދިސާތަކާ ގުޅިގެން ހާއްސަ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.