Advertisement

ސުކޫލު ނިންމާ ދަރިވަރުންނަށް ސްޓެލްކޯއިން ސްކޮލަޝިޕެއް ތައާރަފު ކުރަނީ

21 ޑިސެންބަރު 2022 - 08:15 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސްޓެލްކޯގެ އެމްޑީ ޝަރީފް؛ ސްކޫލު ނިންމާ ދަރިވަރުންނަށް ސްކޮލަޝިޕްތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ އޭނާ ވިދާޅުވި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސުކޫލު ނިންމާ ދަރިވަރުންނަށް ސްޓެލްކޯއިން ސްކޮލަޝިޕެއް ތައާރަފު ކުރަނީ

21 ޑިސެންބަރު 2022 - 08:15 1

މަތީ ސާނަވީ އިމްތިހާނު ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކަރަންޓު ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ހަކަތައިގެ ދާއިރާގައި ހިދުމަތް ކުރާނެ ދިވެހިން ކުރިމަގުގައި އުފައްދަން ޖެހޭ ކަމަށެވެ.

އެ ދާއިރާއިން މީހުން ބިނާކުރަން ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރާ ކަމަށާއި ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަހަރު ހަތް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ޝަރީފު ވިދާޅުވި އެވެ

"ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެވެސް ދެ ކުއްޖަކު؛ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު، އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ ބޭނުމަކީ މި ދާއިރާއަށް ހުނަރުވެރިން ޒުވާނުން އިތުރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.