Advertisement

ކަންބޮޑުވުންތަކާއެކު އިދިކޮޅުން އެމްއެމްއޭއަށް: "ގަވަރުނަރުގެ އާރެއް ބާރެއް ނެތް"

15 ޑިސެންބަރު 2022 - 15:25 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރުމަށްފަހު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ކަންބޮޑުވުންތަކާއެކު އިދިކޮޅުން އެމްއެމްއޭއަށް: "ގަވަރުނަރުގެ އާރެއް ބާރެއް ނެތް"

15 ޑިސެންބަރު 2022 - 15:25 0

ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އާ ބައްދަލުކޮށްފި އެވެ.

އެމްއެމްއޭގައި މިއަދު މެންދުރު ކުރިއަށް ދިޔަ ބައްދަލުވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީޑިއާއަށް ވިދާޅުވީ މި ބައްދަލުވުމުގައި ގަވަރުނަރުގެ ޒިންމާ އަދާކުރުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވަމުންދޭތޯ ސުވާލު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ސީދާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

"ނުސީދާ ކޮށް ނަމަވެސް ވިދާޅުވެވުނީ ބަޖެޓާ ގުޅިގެން ފޮނުވި ކަންބޮޑުވުންތަކަށް އަމަލު ނުކުރެއްވި ވާހަކަ، އެހެންވީމާ އޭގެން އެބަ އެނގޭ ގަވަރުނަރުގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ގަވަރުނަރުގެ ޒިންމާ އަދާ ނުކުރެވޭނަމަ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގެއޭ ކަނޑައެޅިގެން އެއްވެސް ކަހަލަ އާރެއް ބާރެއް ނެތް ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުން ދެން ފާޅުކުރި އަނެއް ކަންބޮޑުވުމަކީ އިގްތިސޯދު ހީނަރުވެފައިވާތީ، އިންޑިއާއިން ނަގަމުން އަންނަ ލޯނުތަކުގެ ތަފްސީލުތައް އެމްއެމްއޭއަށް ނޭނގުމެވެ.

އެގޮތުން ބަޖެޓު ސަޕޯޓަށް ކަމަށްބުނެ އެންމެ ފަހުން އިންޑިއާއަށް ވިއްކި 100 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑުގެ ތަފްސީލު ވެސް ނޭނގޭ ކަމަށް ގަވަރުނަރާ ހަވާލާދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމާ މާ ރަނގަޅުވާނެ މި ތަނުގައި [އެމްއެމްއޭގައި] ބޮޑުތަޅު އަޅުވާފައި ބެހެއްޓިއްޔާ، މި ތަނުގެ ބޭނުމެއް ނެތެއްނުން،" އެމްއެމްއޭ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.