ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހެދި ރާމޮސް އަކީ ކާކު؟

Dec 7, 2022, 7:32 AM
ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހެދި ރާމޮސް އަކީ ކާކު؟

ދޯހާ (7 ޑިސެމްބަރު) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ރޭ ސްވިޒަލެންޑް އާއި ޕޯޗުގަލް ބައްދަލުކުރި މެޗު ފެށުމުގެ ކުރިން، އެންމެ ހޫނުކޮށް ދެކެވުނު ވާހަކަ އަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ޖާގަ ގެއްލުނު ވާހަކަ އެވެ.

ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ 11 އިން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ފުރުސަތު ދިން ބެންފީކާގެ ޒުވާން ފޯވަޑް ގޮންކާލޯ ރާމޮސްގެ ވާހަކައެއް ނުދައްކަ އެވެ. މާ ބޮޑު ސަމާލުކަމެއް ރާމޮސް އަކަށް ނުލިބުނެވެ. އެކަމަކު، މެޗު ނިމިގެންދިޔައިރު، މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. ޕޯޗުގަލް މެޗުން 6-1 އިން މޮޅުވިއިރު، މެޗުގައި ހެޓްރިކް ހެދި ރާމޮސް ވިދާލައިފި އެވެ.

ރޮނާލްޑޯ ބެންޗަށްލުމަކީ ޕޯޗުގަލްގެ ކޯޗު ސަންޓޯސްގެ ބޮޑު ނިންމުމެކެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ޕޯޗުގަލް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅުނު މެޗެއްގެ ފުރަތަމަ 11 އިން ރޮނާލްޑޯ އަށް ފުރުސަތު ގެއްލުނު ފުރަަތަމަ ފަހަރެވެ. އެކަމަކު، ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވި ރާމޮސްގެ ގޯލުތަކާ އެކު، ސަންޓޯސް އަށް ވަނީ ޕްރެޝަރު ކުޑަވެފަ އެވެ.

ރާމޮސް ،21، ރޭގެ މެޗުގައި ޖެހި ލަނޑުތަކާއެކު އޭނާ އަކީ 1962 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ މެޗެއްގައި ހެޓްރިކެއް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ރާމޮސް އަކީ ކާކު؟

ޕޯޗުގަލްގެ ބެންފީކާ ޔޫތު ޓީމުތަކުގައި ކުޅުމަށް ފަހު، 2020 ވަނަ އަހަރުން ފެށިގެން ރާމޮސް ކުޅެމުންދަނީ ބެންފިކާގެ ސީނިއާ ޓީމަށެވެ. އެކަމަކު، ރާމޮސް ވިދާލީ މި ސީޒަންގަ އެވެ. ބެންފީކާ އަށް ކުޅެމުންދިޔަ އުރުގުއޭގެ ފޯވަޑް ޑާވިން ނޫނޭޒް ލިވަޕޫލަށް ވިއްކާލުމާ އެކު، ރާމޮސް އަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވި އެވެ. ރާމޮސް ވަނި މި ސީޒަންގައި މިހާތަނަށް 21 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ.

ޕޯޗުގަލްގެ އެކި އުމުރު ފުރައިގެ ޔޫތު ޓީމުތަކަށް ކުޅުނު ރާމޮސް އަށް ސީނިއާ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ ވޯލްޑް ކަޕްގެ ކުރިން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނައިޖީރިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އޭނާ ލަނޑެއް ވެސް ޖެހި އެވެ.

ވޯލްޑް ކަޕްގައި ގާނާ އާއި އުރުގުއޭއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުތަކުގައި ރާމޮސް އަށް ބަދަލެއްގެ ގޮތުގައި ފުރުސަތު ލިބުނެވެ. އެކަމަކު ރޭގެ މެޗަކީ ޕޯޗުގަލްގެ ފުރަތަމަ 11ގައި ކުޅުނު ފުރަތަމަ މެޗެވެ.

ހެޓްރިކަކަށް އުންމީދެއް ނުކުރަން

ހެޓްރިކާއެކު ރާމޮސް ހުރީ އުފަލުން ފޮޅިފަ އެވެ. އެއީ ހުވަފެނެއްގައި ވެސް އުންމީދުކުރެވުނު ކަމެއް ނޫނެވެ. އެކަމަކު ރާމޮސް މި ވަގުތު އެކަން މާބޮޑަށް ފާހަގައެއް ނުކުރެ އެވެ. ކުރިއަށް އޮތް މެޗުތަކަށް ވިސްނަޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ވޯލްޑް ކަޕެއްގައި ޕޯޗުގަލްގެ ފުރަތަމަ 11ގައި ކުޅޭ ފުރަތަމަ މެޗުގައި ހެޓްރިކެއް ހަދާނެކަން ހުވަފެނަކުން ވެސް ނުދެކެން،" ރާމޮސް ބުންޏެވެ.

"އެކަމަކު މި ނަތީޖާއާއެކު ދެން ނުވިސްނާނަން. ދެން އޮތް މެޗު (ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗު)ގެ ވިސްނުން ދެން ހުންނާނީ."

ރާމޮސް ބުނީ ފުރަތަަމަ 11 އިން ޖާގަ ގެއްލުނަސް، ރޮނާލްޑޯ މަސައްކަތްކުރީ އޭނާ އާއި ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގަ އެވެ. ރާމޮސް ބުނީ ރޮނާލްޑޯ އަކީ އޭނާ އަބަދު ވެސް ރޯލް މޮޑެލްއަކަށް ބަލާ މީހެއް ކަމަށެވެ.

"އަހަރެން އެކަންޏެއް ނޫން. އެންމެނާ ވެސް (ރޮނާލްޑޯ) ވާހަކަދައްކައި ހިތްވަރު ދިން،" ރާމޮސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox