Advertisement

މެދުއިރުމަތީގެ އެއްވަނަ ޑެއިރީ އުފެއްދުން؛ އަލްމަރާއީ ޗީޒް ވިލާގެ ހަރުތަކަށް

5 ޑިސެންބަރު 2022 - 06:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މެދުއިރުމަތީގެ އެއްވަނަ ޑެއިރީ އުފެއްދުން؛ އަލްމަރާއީ ޗީޒް ވިލާގެ ހަރުތަކަށް

5 ޑިސެންބަރު 2022 - 06:51 0

އަލްމަރާއީ ބުރޭންޑަކީ ހަމަ ޔަގީނުން ވެސް ދިވެހިންނަށް އާ ބުރޭންޑަކަށް ނުވާނެ އެވެ. އެ ބުރޭންޑުގެ ޗީޒްއާއި ތަފާތު ވައްތަރުތަކުގެ ބުއިންތަކަކީ ދިވެހީންގެ މެދުގައި މިހާރުވެސް މަގުބޫލު އުފެއްދުންތަކެކެވެ.

އަލްމަރާއީ ބުރޭންޑުގެ ތަފާތު ގިނަ، ކޮލެޓީ އުފެއްދުންތައް ވިލާ މާޓުގެ ހުރިހާ ފިހާރަތަކުން ލިބެން ހުރެ އެވެ. ދާދި ފަހުން އެ ފިހާރައިން ވަނީ އެ ބުރޭންޑުގެ އުފެއްދުންތައް ވިލާ މާޓުގެ ހަރުތަކަށް ނެރެ ރީބުރޭންޑު ވެސް ކޮށްފަ އެވެ.

އަލްމަރާއީ ބުރޭންޑަކީ މެދުއިރުމަތީގައި އެންމެ މަގުބޫލު ޑެއިރީ ބުރޭންޑެވެ. 1977، ވަނަ އަހަރު އުފަންވި އަލްމަރާއީ ކުންފުނީގެ އުފެއްދުންތަކަކީ ހުރިހާ އުމުރުފުރައަކަށް ވެސް ކަމުދާ، ސިއްހަތަށް ފައިދާ ހުރި އުފެއްދުންތަކެއް އުފައްދަމުން އަންނަ ކުންފުންޏެކެވެ. މި ބުރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ޖޫހާއި، ޕޯލްޓުރީގެ ބާވަތްތަކާއި ބޭކަރީގެ އުފެއްދުންތައް ހިމެނެ އެވެ.

އަލްމަރާއީ ބުރޭންޑުގެ ޗީޒް، ވިލާ މާޓުން ވިއްކާ ހުރިހާ އުފެއްދުންތަކެއް ވިލާގެ ވެބްސައިޓު މެދުވެރިކޮށް ވެސް ގަނެވޭނެ -- ފޮޓޯ: ވިލާ މާޓު


މީގެ އިތުރުން އުފެއްދުންތެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ އެތައް އެވޯޑަކާއި ރޭޓިންތައް އަލްމަރާއީ ބުރޭންޑަށް ލިބިފައި ވެއެވެ.

  • އަހަރުގެ އެންމެ އުފެއްދުންތެރި ޕްރޮޑަކްޓަށް ދޭ ނެލްސަން އެވޯޑު 2021، ވަނަ އަހަރު ލިބިފައިވޭ
  • ކާބޯތަކެތި އުފެއްދުމުގައި ގެންގުޅޭ ރައްކާތެރިކަމުގެ މިންގަނޑަށް އެންމެ މަތީ ރޭޓިން ސައުދީ ފުޑް އެންޑު ޑުރަގް އޮތޯރިޓީން ދީފައިވޭ
  • މެދުއިރުމަތީގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޑެއިރީ ޕުރޮޑަކްޓުތައް އުފެއްދުމުގެ ލަގަބު ލިބިފައިވޭ

އަލްމަރައި ޗީޒް ވިލާ މާޓުގައި

އަލްމަރާއީ ބުރޭންޑުގެ ތަފާތު ގިނަ ވައްތަރުތައް ވިލާ މާޓުގައި އެބަހުއްޓެވެ. ޗީޒް އަކީ ކުދިން ހެދިބޮޑުވުމަށާއި ކައްޓަށް ފައިދާ ކުރާ ގިނަ މާއްދާތަކެއް އޭގައި ހިމެނޭ އެއްޗެކެވެ. ހުރިހާ ބާވަތެއްގެ ކާނާއަކާ އެކު ވެސް ކާލެވޭ ޗީޒްގެ ތަފާތު ވައްތަރުތައް ވިލާ މާޓުގައި އެބަހުއްޓެވެ. ހެނދުނު ސައިން ފެށިގެން ގޮސް ރޭގަނޑުގެ ކެއުމާއި ހަމައަށް އެކި ރެސިޕީތަކަށް އިތުރު ފުރިހަމަ ކަމެއް އަލްމަރާއީ ޗީޒް އިން ގެނެސްދެ އެވެ. ތިރީގައި މި ހިމަނާލަނީ އޭގެތެރެއިން ބައެއް އުފެއްދުންތަކާއި އޭގެ ތަފްސީލެވެ.

ޗީޒް ސްލައިސެސް ސޭންޑުވިޗު: އަލްމަރާއީ ސްލައިސް ޗީޒް ސޭންޑުވިޗަކީ ހަވީރުގެ ސަޔަށް އެންމެ އެކަށޭނެ ޗީޒް އެވެ. ތަފާތު ވައްތަރުތަކުގެ ސޭންޑުވިޗު ތަކުގައި ބޭނުންކޮށްލެވޭ މި ޗީޒްއަކީ ފަސޭހައިން ވިރުވާލެވޭ މީރު ޗީޒް އެކެވެ.

ޗެޑާ ޗީޒް: ޗެޑާ ޗީޒް އަކީ އެހެން ޗީޒްތަކާ ހިލާފަށް މާވަރުގަދަ ރަހައެއް އޭގައި ނުހުންނަ މަޑު ޗީޒް އެކެވެ. މިއީ ތަފާތު ގިނަ ރެސިޕީތަކުގައި ބޭނުންކޮށްލެވޭ މީރު ޗީޒް އެކެވެ.

ޝުރެޑެޑް މޮޒަރެއްލާ ލައިޓު: އަލްމަރާއީ ޝުރެޑެޑް މޮޒަރެއްލާ ލައިޓަކީ ޕާސްތާއާއި، ޕިއްޒާ އަދި އެކި ވައްތަރުގެ ޕައިތަކުގެ އިތުރުން އެހެން ރެސިޕީތަކުގައިވެސް ބޭނުންކޮށްލެވޭ މީރު ވައިޓު ޗީޒް އެކެވެ.

ޗީޒް ސުލައިސެސް ބާގާ: އަލްމަރާއީގެ ބާގާ ސުލައިސް ޗީޒް އަކީ ބާގާތަކަށް މީރު ރަހައިގެ އިތުރުން، އިތުރު ފުރިހަމަ ކަމެއް ވެސް ގެނެސްދޭ ޗީޒް އެކެވެ. މިއީ ޕުރޮޓީން އާއި ކެލްސިއަމްގެ މައްދާތަކުން މުއްސަނދިކަން ލިބިފައިވާ މީރު ޗީޒް އެކެވެ.

އަލްމަރާއީގެ އުފެއްދުންތްކަކީ މެދުއިރުމަތީގެ ގައުމުތަކުގައި ވެސް މަގުބޫލު އުފެއްދުންތަކެއް -- ފޮޓޯ: ވިލާ މާޓު


ވިލާ މާޓުގެ ފިހާރަތައް މާލެ އާއި ހުޅުމާލެ ފޭސް ދޭއްގައި ހިންގައެވެ. ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ މަގު ފަސޭހަކޮށްދިނުމުގެ ގޮތުން ވިލާ މާޓުން މާލޭގައި ހިންގާ ހުރިހާ ފިހާރައެއް މިހާރު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފަ އެވެ. މީގެއިތުރުން ކަސްޓަމަރުންނަށް އެންމެ ފަސޭހައިން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި އެ ކުންފުނިން މިހާރު ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފަ އެވެ.

އެގޮތުން އެ ވެބްސައިޓްގައި ވިލާ މާޓުން ލިބެން ހުންނަ އުފެއްދުންތަކާއި ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުންނައިރު، އެ ވެބްސައިޓު މެދުވެރިކޮށް ތަކެތި ގަނެ ވަގުތުން ފައިސާ ވެސް ދެއްކެ އެވެ. ވެބްސައިޓްގެ އިތުރުން ވިލާ މާޓުގެ ހާއްސަ އެޕް މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުން ވެސް ލިބޭނެއެވެ. އެހެންކަމުން ގޭގައި ތިބެގެން ވެސް ވިލާ މާޓުން ވިޔަފާރި ކޮށްލެވޭނެ އެވެ.