Advertisement

މަގުބޫލް ކަމަށް ބަދަލެއް ނައިސް 30 އަހަރު

13 ޖުލައި 2025 - 13:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަގުބޫލް ކަމަށް ބަދަލެއް ނައިސް 30 އަހަރު

13 ޖުލައި 2025 - 13:30 0

މީގެ ތިރީހަކަށް އަހަރު ކުރިއަށް ހަނދާން ގެންގޮސް ދޫކޮށްލާށެވެ. ކްރީމްކޮޅު ކާލާފައި ބިސްކޯދު އެއްލާލާ މަންޒަރާއި އިންޓަވަލް ވަގުތުގައި ޑޮންޑޮން ފުޅި އާއި ބިސްކޯދު ކާން ތިބޭ ތިބުމާއި، ނުވަ ގަޑި، ސައިގަޑި، އަދި ޕިކްނިކް ފަދަ ކޮންމެ ކަމެއްގެ އެންމެ މަގުބޫލް ލުއި ކާނާއެއްގެ ގޮތުގައި ފެންނާނީ ނިއުޓްރޯ ބިސްކޯދެވެ.

ދިވެހި ކުދިބޮޑު އެންމެންގެ ހިތުގައި މި ބިސްކޯދަށް އޮތް ލޯތްބަށް ބަދަލެއް ނައިސް ހިފެހެއްޓިފައި ވަނީ އޭގެ ރަހަ އާއި ފެންވަރު ރަނގަޅުވުމުންނެވެ.

"މިއީ މަގުބޫލު ކަމަށް ބަދަލެއް ނައިސް ވިކެމުންދާ އެންމެ ގިނަ ދުވަސްވީ އެއް ބްރޭންޑު،" ލިލީ އެންޓަޕްރައިޒަސްގެ މާކެޓިން މެނޭޖަރު ވިދާޅުވި އެވެ.

މި މަރުކާގެ ދެ ވައްތަރެއް ރާއްޖޭގައި ވިއްކަ އެވެ. އެއީ ވެނީލާ ކްރީމް ބިސްކޯދާއި ޗޮކްލެޓު ކްރީމް ބިސްކޯދެ އެވެ.

ލިލީ އެންޓަޕްރައިޒަސްއިން އެތެރެކޮށް ވިއްކާ ބިސްކޯދު ކަމުދަނީ ހަމައެކަނި ކުޑަކުދީންނަކަށް ނޫނެވެ. ހުރިހާ އުމުރެއްގެ ދިވެހީންނަށް އެންމެ ކަމުދާ ބިސްކޯދުގެ ތެރޭގައި ނިއުޓްރޯ މިހާރު ވެސް ހިމެނެ އެވެ.

އެ ކުންފުނިން އެތެރެކޮށް ވިއްކާ މުދަލުގެ ބާވަތްތައް ލިލީ ސްޓޯރާއި ލާލު ސްޓޯރު އަދި ލިލީ ޝޮޕް ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް އައްޑޫ އާއި ކުޅުދުއްފުށީގައި ހުންނަ ލިލީ ޝޮޕުން ލިބޭނެ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މި ބިސްކޯދު ގަންނަން ލިބޭނެ އެވެ