Advertisement

ގުޅޭ ފުރިހަމަ ހެއާ ސްޓައިލެއް ފަސޭހަކަމާއެކު ހޯދިދާނެ

4 ޑިސެންބަރު 2025 - 09:54 0


ގުޅޭ ފުރިހަމަ ހެއާ ސްޓައިލެއް ފަސޭހަކަމާއެކު ހޯދިދާނެ

4 ޑިސެންބަރު 2025 - 09:54 0

ހެއާ ވެކްސްއިން ބޭނުން ގޮތަކަށް އިސްތަށިގަނޑުގެ ސްޓައިލްކޮށްލެވިދާނެ އެވެ. ރަސްމީ ބައްދަލުވުމަކަށް ދާނަމަ "ކްލެސިކް" ސްޓައިލެއް، ރައްޓެހިންނާއެކު ބޭރަށް ދާނަމަ "ކެޗީ" ސްޓައިލެއް ނުވަތަ އާދައިގެ ގޮތަކަށް ބަހައްޓަން ބޭނުންނަމަ އެކަންވެސް ކުރެވިދާނެ އެވެ.

ސްޓައިލް ގެއްލިދާނެތީ، މީގެ އަހަރުތަކެއްގެ ކުރިން ހެއާ ޖެލަކީ އެންމެ ހިނގި ޕްރޮޑަކްޓެވެ. އުލެއް ހެން ނުވަތަ ގުޑާނުލާ ގޮތަށް ބޭނުން ސްޓައިލަކަށް ދަގަނޑުކޮށްލާފައި އިސްތަށިގަނޑު ބެހެއްޓުމަށް ކުރިން ބޭނުންކުރީ ހެއާ ޖެލެވެ. އެ ސްޓައިލް ދިވެހި ޒުވާނުންނަށް މިހާރު ކަޑަވެއްޖެ އެވެ.

މިހާރު މަގުބޫލް ވެފައި ވަނީ ހެއާ ވެކްސްއެވެ. ޖެލްއާ ހިލާފަށް ވެކްސް ބޭނުންކުރުމުން، އިސްތަށިގަނޑު ދޮންނާކަށް ނުވަތަ އިތުރަށް ޕްރޮޑަކްޓް އުނގުޅާކަށް ނުޖެހެ އެވެ. ޑޭޓަކަށް ގޮސް ހުއްޓައި ސްޓައިލް ގެއްލުނަސް ނުވަތަ ހެލްމެޓް އެޅުމުން ހަޑިވިޔަސް، އިސާހިތަކު ސްޓައިލް ސެޓް ކޮށްލެވޭނެ އެވެ.

  • ވެކްސް: ވަރަށް ކުރު އިސްތަށިގަނޑުން ފެށިގެން ދިގު އިސްތަށިގަނޑަށް ވެސް ބޭނުންކުރެވެ އެވެ. މީގެން ނެޗުރަލް ލުކް އެއް ގެނެސްދޭ. ސްޕައިކީ، ބައުންސީ، ފްލަފީ ނުވަތަ ޑައިނެމިކް ސްޓައިލްތައް ހެދުމަށް ވެކްސް މާ ރަނގަޅު
  • ޖެލް: އާއްމުކޮށް ބޭނުންކުރެވެނީ ވިދާ އަދި ހަރު ލުކެއް ގެނައުމަށް


ރާއްޖޭގެ ބާޒާރުގައި ލިބެންހުރި ހެއާ ވެކްސްގެ ތެރެއިން އެންމެ ޒަމާންވީ އެއް ބާވަތަކީ ޖަޕާނުން އުފައްދާ ގެޓްސްބީ އެވެ. މިއީ އިސްތަށިގަނޑު ދަގަނޑުކުރި ޒަމާނުގެ ޒުވާނުންގެ އެކުވެރިޔާ އެވެ. މި އުފެއްދުމުގެ ވެކްސް އާއި ކްރީމްގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު، އޭގެ ފެންވަރު ހިފަހައްޓާފައިވެ އެވެ.

މިހާރު ގެޓްސްބީ ވެފައިވަނީ ފިރިހެނުން ޒީނަތްތެރިވުމަށް ބޭނުންވާ ފުރިހަމަ ގްރޫމިން ބްރޭންޑަކަށެވެ. މި ބްރޭންޑް ރާއްޖެ އެތެރެކޮށް ވިއްކަނީ ލިލީ އެންޓަޕްރައިޒަސްއިންނެވެ.

އެ ކުންފުނިން އެތެރެކޮށް ވިއްކާ މުދަލުގެ ބާވަތްތައް ލިލީ ސްޓޯރާއި ލާލު ސްޓޯރު އަދި ލިލީ ޝޮޕް ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް އައްޑޫ އާއި ކުޅުދުއްފުށީގައި ހުންނަ ލިލީ ޝޮޕުން ލިބޭނެ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން ގެޓްސްބީ ވެކްސް އާއި ކްރީމް ލިބެ އެވެ.