Advertisement

ލުބްނާނުގެ ކަސްޓާނިއާ ނަޓްސް ވިލާ މާޓުގެ ހަރުތަކަށް

7 އޮކްޓޯބަރު 2025 - 16:32 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލުބްނާނުގެ ކަސްޓާނިއާ ނަޓްސް ވިލާ މާޓުގެ ހަރުތަކަށް

7 އޮކްޓޯބަރު 2025 - 16:32 1

ލުބްނާނުގެ ނަން ހިނގާ ކަސްޓާނިއާ ނަޓްސް ވިލާ މާޓުން ރާއްޖެއަށް އެތެރެކޮށް އެ މާޓުގެ ހަރުތަކަށް ނެރެފި އެވެ.

މުޅި މެދުއިރުމަތީގައި ވެސް މަގުބޫލު ކަސްޓާނިއާ ނަޓްސް ރާއްޖެއަށް އެތެރެކޮށް ވިލާ މާޓުން ވިއްކަމުންދަނީ ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ގަނޑުކޮށެވެ.

ކަސްޓާނިއާ ނަޓްސްގެ ތެރޭގައި ރެގިއުލާ މިކްސް، ސުޕާ މިކްސް، އެކްސްޓްރާ މިކްސް އަދި ޖަމްބޯ މިކްސް ހިމެނެ އެވެ. އެ ނަޓްސްއަކީ ރަނގަޅަށް ސީޒަން ކުރެވިފައިވާ ރަހަ މީރު ނަޓްސްއެކެވެ.

ކަސްޓާނިއާގެ ސޯލްޓަޑް ޕިސްޓާޗިއޯ އާއި ޖަމްބޯ ޕިސްޓާޗިއޯގެ އިތުރުން ރޯސްޓެޑް ކެޝޫ އަދި ސޯލްޓެޑް އަލްމަންޑްސް ވެސް ވިލާ މާޓުގެ ހަރުތަކަށް ވަނީ ނެރެފަ އެވެ.

އޭގެއިތުރުން ވިލާ މާޓުން ކަސްޓާނިއާ ޕަމްކިން ސީޑްސް، ސަންފްލާވާ ސީޑްސް، ވޯޓާ މެލަން ސީޑްސް ވެސް މިހާރު ލިބެން އެބަހުއްޓެވެ.

އެކި ސައިޒަށް ބަންދުކޮށްފައިވާ ކަސްޓާނިއާގެ ނަޓްސްއަކީ ފެންވަރު ރަނގަޅު ނަޓްސްއެކެވެ. އެ ނަޓްސް އެކި ވަގުތުތަކުގައި ކެއުމަށް އިންސާފުކޮށްލެވެ އެވެ.

ކަސްޓަނިއާ ނަޓްސްގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަނީ ބޭނުން ކުރުމަށްފަހު ފަސޭހައިން ބަންދު ކުރެވޭ ގޮތަށް ޒިޕް ބޭގެއްގަ އެވެ. އެގޮތުން ނަޓްސްގައި ހުންނަ ތާޒާ ކަމަަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ވިލާ މާޓުން ތަކެތި ގަންނަން ބޭނުންވާ މީހުންނަށް އޮންލައިކޮށް ވެސް އެ ފިހާރައިން ގަންނަ ތަކެތި ބަލައި، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އެވެ. އިތުރު މައުލޫމާތެއް ބޭނުންވާނަމަ 7667711 އަށް ގުޅުމަށް އެ ފިހާރައިން އެދެ އެވެ.

ވިލާ މާޓުގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ހުރެ އެވެ. އަދި އެ ފިހާރައިން ވިއްކާ އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.